Sui Dhaaga ge aa Lavaeh Nerefi
image
ވަރުން ދަވަން "ސަބް ބަޑިޔާ ހޭ" ލަވައިގެ ތެރެއިން--
0 ކޮމެންޓް
 

"ސުއި ދާގާ" ގެ އާ ލަވައެއް ނެރެފި

ޝަރަތް ކަޓަރިއާގެ ކުރިއަށް އޮތް ފިލްމު "ސުއި ދާގާ" ގެ އާ ލަވައެއް ނެރެފިއެވެ.
ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ތިން ވަނަ ލަވަ މިއަދު ވަނީ ނެރެފައެވެ. އެގޮތުން އެލަވައަށް ކިޔަނީ "ސަބް ބަޑިޔާ ހޭ" އެވެ. ޓުވިޓާ މެދުވެރިކޮށް ވަރުން އެލަވަ ހިއްސާކޮށްފައިވާއިރު ވަރުން ބުނީ އެލަވަ އެއްކޮށް ޝޫޓް ކޮށް ނިންމާލާފައިވަނީ އަށް ގަޑިއިރު ތެރޭގައި ކަމަށެވެ.

ސުކްވިންދަރް ސިންގް އާއި ސަލްމާން އަލީ ކިޔާފައިވާ އެލަވައަކީ ޑާސް ކުރާ ލަވައެކެވެ. އެގޮތުން އެލަވައިގައި ފެނިގެންދަނީ ވަރުން އާއެކު ޑާންސް ގުރޫޕެކެވެ. އަދި ލަވަ ނިމޭއިރު އަނުޝްކާ ވެސް ފެނިގެންދެއެވެ.

ދެތަރިން ވެސް ފިލްމުގެ ޕްރޮމޯޓުކުރުމުގައި ބިޒީކަމާއެކު އުޅެމުންދާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ މިމަހު 28 ގައެެވެ. ވަރުން އާއި އަނުޝްކާ އެކުގައި ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މިފިލްމުގައި ދެތަރިންވެސް ފެނިގެންދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ވަރުން އެފިލްމުގައި ފެނިގެންދަނީ އެއްޗެހި ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ އެމްބްރޮއިޑަރާ އެއްގެ ރޯލުންނެވެ.

ހިޔާލު