Miee Bodu Ladheh, Leadership Isthiufaa Dhevvaa: Hussain Manik
image
ހުސައިން މަނިކު ދޮން މަނިކު---ފޮޓޯ:ރައީސް އޮފީސް
12 ކޮމެންޓް
 

މިއީ ބޮޑު ލަދެއް، ލީޑަޝިޕު އިސްތިއުފާ ދެއްވާ: ހުސައިން މަނިކު

ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަކީ ބޮޑު ފެއިލިއާއެއް ކަމަށާއި ޒިންމާ އުފުލާ ޕީޕީއެމް ޕީޕީއެމަށް ލަދުވެތި ރެއެއް ކަމަށާއި އެމްގެ ލީޑަޝިޕު އިސްތިއުފާ ދިނުމަށް ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮން މަނިކު ގޮވާލައްވައިފިއެވެ.
ހުސައިން މަނިކު މިރޭ ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީ އަކީ ސަރުކާރު އަތުގައި އޮވެ، ކަން ކަން އެންމެ ރަނގަޅަށް ނުކުރެވުމުގެ ނަތީޖާ ކަމަށެވެ. އެހެން ކަމުން އެ ޒިންމާ ލީޑަޝިޕުން އުފުލައި އާ ލީޑަޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ހުސައިން މަނިކު ވިދާޅުވިއެވެ.

ހުސައިން މަނިކު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަކީ މަޖިލީހުގައި އެކުގައި 25 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އިބޫއަކީ މިފަދަ ދަނޑިވަޅެއްގައި ގައުމުގެ ލީޑަޝިޕަށް އެންމެ އެކަށޭނެ އަދި ގާބިލު ބޭފުޅާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އިހުލާސްތެރި މަރުހަބާއާއި މުބާރިކް ބާދީ އިބޫއަށް ދަންނަވަން. މަޖިލީހުގައި އެންމެ ދުވަސްވީ އެއް މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު އިބޫ ދަންނަން. އިބޫއަކީ ގާބިލު އަދި ވަރަށް އެކަށޭނެ ބޭފުޅެއް،" ހުސައިން މަނިކު ދޮން މަނިކު ވިދާޅުވިއެވެ.
ހިޔާލު

ތިނު

ތިހެން އިންތިޚާބުގެ ކުރިން ބުނެލިނަމަ ؟

ޔާމީން މައޭ

ޔާމީން އެކަންޏޭ. ވަގަށް ނެގިހާ ފައިސާއާއި، ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި ކުންފުނިތަކާއި، އިލެކްޝަންސް ކޮމިޝަނާއި، ކޯޓްތަކާއި ކަނޑިއާއި ބަޑިއާއި، ގޭންގުތަކާއި، ޗައިނާގެ ވަގު ފައިސާއާއި ބިރުދެއްކުމާއި ވައްކަން ކުރުންމާއި، މިއީ ޔާމީން އެކަނިތަ. އެންމެ ކުޑަމިނުން ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މިނިވަންކަން ދީފަ އޮތް ނަމަވެސް ޔާމީނަށް ވާދަކުރަން ޖެހޭނީ ބާތިލް ވޯޓާއި

ޝަހޫ

މިއީ ލަދެއް ނޫން. ޔާމީނު އެކަނި ހާދަ ވޯޓެކޭ ނެގީ.

މޮހަދު

އަސީލޫ ހުސެން މަނިކު ބުނިދޯ ރަށު މީހުން ގާތު ބޭނުން މީހަކަށް ވޯޓު ލާށޭ.

ޑޮމްބެ

ޢެއޮތީ ކިޔަވައިގެން ހުރި މޮޅު އިކޮމޮސްޓެއް ނުކިޔަވާ ހުރި ހިއްތިރި އަހުލާގު ރަގަޅު މީހަކު އައިސް ބަލިކުރިތަން...ނުކިޔަވާ ހުއްޓސް ވެރިކަން ހިންގިދާނެތާދޯ....

އާސިލް

ކަލޭ މާ ފުއްޕާނެކަމެއް ނެއް ހުސެން މަނިކޫ، ހުޅަނގުކޮޅުން އިރު އެރީމަވެސް ތައުބާވެ ރަެްޔިތުން ފަޅިއަށް އަރަން ނޭނގުނު މޮޔައެއް ތީ، އޮޑި ފެތުނު އިރުވެސް އޮތީ އޮޑީގަ

އައިންތު

ދެން ބޭކާރު އަނގަނުތަޅާ ! މިދަނޑިވަޅަށް އެންމެ އެކަށޭނަ ފަރާތަކީ އިބޫކަން އެނގިހުރެ އަދި ޕީޕީއެމްގެ ލީޑަރޝިޕް ފެއިލްވެފައިވާ ކަން އެނގިހުރެވެސް ފައިވިއްދައިގެން ހުރީ ލިބުނު ވަގުތީ މަންފާގެ ބޮޑުކަމުން.

ކަޅުސޮރު

މިހާރު ދެން ވަގުތު ފާއިތުވެއްޖެ ކަމުގަދެކެން، ތިޔަ ބިރުފަހަނައަޅާ ދިޔައީ މާފަހުން.

މަރުހަބާ

ބިރުވެރިކަމާއި އަނިޔާވެރިކަމުގައި ފިތިފައިވާ ހުރިހާ އެންމެން މިނިވަންވެއްޖެ...މަރުހަބާ

ބޮކުބާޑު

ތިޔަނިހާނު ކުށްލި މުޢްސަދިކަން ހޯދިގޮތް ބަލަންވާނެ. ރަށްޔިތުންނަށް ކުރިފުރަށްސާރަ ބަލާނެ ދުވަހަކަށް އިންތިޒާރުކުރަން.

ކުމާރުއ

އިނގިލިކުރީ ލައިގެން ގެނެސް ގައުމުގެ ވެރިކަން ދިން ބޭބެ ޖަލަށް ލައި، ނިހާނާ އަދުރޭކަހަލަ ހަރާމްކޯރު ބަޔަކާ ގުޅި އިންތިހާއަށް ކިބުރުވެރިކަމާ ބޮޑާކަން ދެއްކީމަ ދެން ވާނީ މިހެން.. ހީވެސް ނުކުރަން މިކަހަލަ ގޮތަކަށް ޔާމީނު ބަލިވެދާނެކަމަކަށް.. އެކަމަކު އަދި ނިމުނީކީނޫން ... ޕިކްޗަރ އަބީ ބާކީހޭ މެރެ ދޯސްތް..

ޣާރީ

ތި ފެންނަނީ ގައްދާރުން