Inthihaabuge natheeja aai eku Raees Yameen himeynun!
image
އިބޫ (ކ) އަދި ރައީސް ޔާމީން:
3 ކޮމެންޓް
 

އިންތިހާބުގެ ނަތީޖާއާ އެކު ރައީސް ޔާމީން ހިމޭނުން!

ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބު ކުރުމާއި ގުޅިގެން، ރައީސް އަބްދުﷲ ޔާމީނާއި، ވެރިކަން ކުރާޕާޓީ އަދި ސަރުކާރުން ވެސް ދެ ގަޑިއިރުވެގެން ދިޔަ އިރުވެސް ރައީސް އެއްޗެއް ވިދާޅުނުވެ ހަނުހުންނަވައިފި އެވެ.
"ސީއެންއެމް" އިން ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅިގެން ރައީސް ޔާމީންގެ ބަހެއް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސް ޔާމީނަށް ގުޅައި، މެސެޖު ކުރެއްވުމުން ވެސް އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނާއި، އިންޓަނޭޝަނަލް ސްޕޯކްސްޕާސަންގެ ބަހެއް ވެސް ނުލިބެ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު އަށް ތަކުރާރުކޮށް ގުޅުއްމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަދި ރައީސް ޔާމީނުގެ އިންތިހާބީ އެޖެންޓް އަދުލީ ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅިގެން ޕީޕީއެމުން ވެސް މިހާތަނަށް ބަހެއް ނުބުނެ އެވެ. އަދި ސަރުކާރުން ވެސް މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ނޫސްވެރިންނަށް ބައްދަލުކުރައްވައި، ގާނޫނީ އިމުގެ ތެރެއިން، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ. އަދި އިންތިޒާރު ކުރައްވަނީ ރައީސް ޔާމީނުގެ ފޯނު ކޯލަކަށް ކަމަށް އިބޫ ވިދާޅުވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބަލި ގަބޫލުކުރައްވައި، ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީ ތަކުގައި ވެސް އިންތިހާބުތަކުން ބަލިވުމާއި އެކު، އެކަން ގަބޫލުކޮށް މޮޅުވާ ކެންޑިޑޭޓުންނަށް ވީހާވެސް އަވަހަކަށް މަރުހަބާ ކިޔަ އެވެ.
ހިޔާލު

އަހުމަދު

ރަސްމީ ނަތީޖާ އިއުލާން ކުރީމަތަ ވާހަކައެއް ދެއްކޭނީ އޭގެކުރިން ހަނު ... އެހާފަސޭހައިން ބަލި ޤަބޫލުނުކުރެވޭ ވާހަކަވެސް ވިދާޅުވިއެއްނު.

ފަޒާދު

މީހާގެ އަސްލު ގަޓަކީ ބަލި ގަބޫލު ކުރުން... މީނަގެ ގަޓު ހުރީ އަނިޔާ ވެރިވުމަށް... މަރުހަބާ ރާއްޖެތެރޭ ފުރަތަމަ ރައީސް

21

މަރު ހަބާ ނުކިޔަނީ އިލަކުސަނުން ނަތީޖާ އިއުލާނު ނުކުރާތީ ތޯޗެ މިރައީސް ގަޓު ނެތީ