Zuvaanun nikume raees yameen ge bodu photo vattaalaifi
image
ރައީސް ޔާމީންގެ ބޮޑު ފޮޓޯ ޒުވާނުން ވައްޓާލަނީ
13 ކޮމެންޓް
 

ޒުވާނުން ނިކުމެ ރައީސް ޔާމީންގެ ބޮޑު ފޮޓޯ ވައްޓާލައިފި

އިއްޔެ މުޅި ރާއްޖޭގައި ބޭއްވި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު ހެންވޭރު ލޮނުޒިޔާރަތްކޮށްޅުގައި ބަހައްޓާފައި ހުރި ރައީސް ޔާމީންގެ ބޮޑު ފޮޓޯ ޒުވާނުން ނިކުމެ ވައްޓާލައިފިއެވެ.
ރައީސް ޔާމީންގެ ބޮޑު ފޮޓޮއެއް ބަހައްޓާފައިހުރީ އަޑު ޕާޓްގެ އުތުރުން ރިންގްރޯޑަށްވާ ގޮތަށެވެ. ނިއުޕޯޓަށް އެސަރަހައްދުން ދީފައިވާ ސަރަހައްދުގައި ދަގަނޑު ފްރޭމެއްގައިހުރި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓްގެ ބޮޑުފޮޓޯ ވައްޓާލާފައިވަނީ ޒުވާނުންގެ ގުރޫޕަކުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައީސް ޔާމީންގެ ބޮޑުފޮޓޯ ވައްޓާލާފައިވަނީ ފޮޓޯގެ ކަރާއިވީ ހިސާބުގައި ވަލެއް އައްސާ ދަމާގެންނެވެ. ޒުވާނުންވަނީ ހޮޓޯ ވައްޓާލުމަށްފަހު އެފޮޓޯމައްޗަށް އަރާ ހަލާކުވެސް ކޮށްލާފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު ލިބިފައިވާއިރު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ އެވެ.
ހިޔާލު

ހުސައިން

ރައީސް ޔާމީން އަކީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން 5 އަހަރަށް އިންތިޚާބުކުރެވުނު ރައީސެއް. 2 ވަަނަ ދަވްރަކަށް އިންތިޙާބުނުވީ ބޭރުގެ މީޑިއާތަކުން ފެތުރި ދޮގު ޚަބަރުތަކުން. މިސާލަކަށް ވޯޓްއޮޅުވާލުންފަދަ ދިވެހިންގެ އަގުވެއްޓޭ ވާހަކަތަކުން. ހުވާކުރެއްވީ ގާނޫނު ނަގަހައްޓަން.

ހޔލ

ރައީސް ޔާމީން ގެނަން ތާރީހުގައި ލިޔެވުނީ ހަމަ އެކަނި ބުރިޖުން ތޯ!! އަނިޔާ ވެރިކަމާ ބޭއިންސާފާ ގަޮތްދޫނުކުންމުން ވެސް ލަޤަބް ލިބިއްޖެ ދެއްތޯ. އަލްހަމްދުލިއްލާހި މަރްހަބާ އިބޫ އަދި ފއިސަލް

ދޮންހަސަންބެ

ނާތަހުޡިބު އަމަލެއްމިއީ.. މޮޅުވެފައި ތިބެގެން މިކަހަލަ ކަންކުރުމަކީ އިބޫ ސަޕޯރޓަރުން މިކަހަލަ ކަން ކުރުން ހުއްޓުވާ ގައުމުގެ ހަމަނުޖެހުން އުފެދުނަނުދީ.. މިކަހަލަ ކަން ކަމުން ނަފްރަތު އުފެދުން ފިޔަވާ އިތުރކަމެއް ނުވާނެ.

ނިހާސް

ޢިބޫގެ ވެރިކަން ނިމޭދުވަހު މިޔަށްވުރެން ބޮޑުވަރުނުވޭތޯ މަބަލާނަން ހަމަ ތިކަންކުރި މީހުން އަތުން ތޯޗެެއް އެކަން ވާނީ

ޑިމޮކްރަސީ

ޒުވާނުންގެ ރައީސް މިވީ ކިހިނެތް

ދފމނ

ސާބަހޭ ދިވެހި ރައްޔިތުން

އަލިމަސް

ޒޒޒ މެންގެފިކުރު ތިހުރީ ނުވިސްނޭ ގޮތްދޫނުކުރާ ކުޑަކުއްޖެއްހެ ވިސްނުން.

ނޯ

ޒޒޒ އަށް ބުނެލަން އޮތީ ހަޖަމް ނުވަނީ ކަލޭމެންނަށޭ. ކިތަންމެ ވަރަކަށް ޗިޕު ޖަހަން އުޅުނަސް ބުރިޖު އެއީ ޔާމީނު ތަރިކަ މުދަލަކަށް ނުވާނެ. އޭގެ އަގު ދެއްކުމުގަ ކޮންމެ ޕާޓީއެއްގަ ހުރި މީހަކަސް ހިއްސާވާންޖެހޭ ޓެކްސް ދައްކަން ޖެހޭ. ބޮލަށް ހުތްފެލަން ނޫޅޭ. ލާދީނީއޭ އެއްޖިންސޭ ކިޔައިގެން އިދިކޮޅުމީހުން ނުބައިކަމަށް ދައްކަން އަބަދު ދީން ބޭނުން ކުރެވޭތޯ އުޅެނީ. ޕްލޭ އަ ނިއު ގޭމް ބަޑީ. ވީ އާރ ބޯރޑް. އެންމެނެއް ގުނބޯއެއް ނުހެއްދޭނެ. އަދި އެންމެނެއް ނުވެސް ވިކޭނެ. ވ.ސަލާން...

ސަލްމާ

އަނިޔާވެރި ޖައްބާރު ވެރިއެއްގެ އަނިޔާ ލިބިފަ ތިބި އެތައް އާއިލާއެއް ތިބޭނެ، ތިކަހަލަ ކަންކަން ހިނގުމަކީ ހައިރާންވާކަމެއް ނޫން

ޝަހޫ

ތިކަހަލަ ކަންތައް ނުކުރޭ ޒުވާނުންނެއް ކަމަކު. ރީތިގޮތުގައި ވެރިކަން އެއްވެރިކަމުން އަނެއް ވެރިކަމަށް ބަދަލުކުރަން ފުރުސަތު ދީ.

ފަޒާދު

ޑިކްޓޭޓަރުންގެ ވެރިކަން ނިމުން ފާހަގަ ކުރާގޮތް ވަރަށް ސާފު..ދިވެހިން މިނިވަން ވެއްޖެ.. މީ މިނިވަން ދުވަސް

21

ފޮޓޯ ވައްޓާލީ އިންތިހާބު ބާތިލު ކުރޭ ޔާނު މޮލުވޭތޯ ވ.ޟަލާން

ޒޒޒ

އެ ދެން އިބޫ އާއި ނަޝީދު އަޅާފަ ހުރި ބުރިޖަކަށް ވާނެ. ހަޖަމް ނުވިއަސް ބޮޑު ވަރު. އަދި މިއުޅެނީ ހުވާ ނުކުރެވިގެން. ބުރިޖް ވެސް ފުނޑު ކޮށްބަލަ ތިހާ ގަޓެއް ހުރިއްޔާ. ކިތަންމެ ދެރަ އެރިއަސް ޔާމިން ގެ ނަން ދިވެހަ ރާއްޖޭގެ ތާރީހުގަ ލިޔެވިފަ ހެކި ފެންނަން ތިއޮތީ..... 🙄🙄🙄 ލޮލް