Raees Yameenge Dhauvathakah Ibu Raees Offihah
image
0 ކޮމެންޓް
 

ރައީސް ޔާމީނަށް ބައްދަލުކުރުމަށް އިބޫ ރައީސް އޮފީހަށް

ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އޮފީހަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ޔާމީން އިންތިހާބީ ރައީސް އިބޫއާއި ބައްދަލުކުރެއްްވުމަށް ދައުވަތުދެއްވާފައިވާއިރު މިއަދު ހެނދުނު ވަގުތެއްގައި އިލެކްޝަނުން ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަން އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިލެއްވީ 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ.

ފޮރިން މިނިސްޓްރީން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ 2008 އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ގިނަ ޕާޓީ ހިމެނޭ އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހޮވާކުރައްވާނެ ކަމަށެވެ.
ހިޔާލު