Baliviyas Hunananee Raees Yameenaeku: Abudul Raheem
image
10 ކޮމެންޓް
 

ބަލިވިޔަސް ހުންނާނީ ރައީސް ޔާމީނާއެކު: އަބްދުއްރަހީމް

ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވި ނަމަވެސް، ހުންނަވާނީ ރައީސް ޔާމީނާއެކު ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތަށް ނުކުތީވެސް ރައީސް ޔާމީނާއެކު ކަމަށެވެ. އަދިވެސް ހުންނެވި ރައީސް ޔާމީނާއެކު ކަމަށާއި ދެންވެސް ހުންނަވާނީ ރައީސް ޔާމީނާއެކު ކަމަށެވެ.


އިލެކްޝަންސް ކޮމިޝަން އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިލެއްވީ 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ.

ފޮރިން މިނިސްޓްރީން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ 2008 އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ގިނަ ޕާޓީ ހިމެނޭ އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހޮވާކުރައްވާނެ ކަމަށެވެ.
ހިޔާލު

ޜަށުމީހާ

މަބޭނުމޫ އިނބަޖަލަށް ލަންތަން ބަލާން. ދެން ހިތުހުރިމީހަކަށް ވަޒީފާ ދިނުން ބަންދުވީ.ދެން ލަލަލަ

ހައިސަމް

ޖަލުގަ.

ދޮންހަސަންބެ

ވަރަށް ސަލާމް. އަދުރޭ ހަމަ ބޭނުންގޮތެއް..އަހަރުމެން ނުދާނަން އަދުރޭ އަންނާށޭ ކިޔާފައެއް.

ރާކަނި އިބްރާހިމް

ތިއި މިހާރު ތާރީހް އެވެ. ދެން ކަލޭ އަގަ ނާރުވާ.

ކައްދާާ

ޓިނު ޖަހާ ބޭނުންވާ ބަޔަކުނެއް

އަދުރޭ

އަދުރޭ ކޮބާ ނޫސްކޮންފަރެންސެއް ބާއްވާލަ އަދި ބުނޭ ހަމަ ޔާމީނޭ ހޮވުނީ ކަލޭގެ ދަރިޔާ މާލޭގެ ގޭންގު ގުރޫޕެއް ރަށަށް ފޮނުވައިގެން ރައްޔިތުންނަށް ބިރުދައްކައިގެން ޔާމީނަށް ތާއީދު ހޯދީމަކަލޭ ހީކުރީ މުޅި ރާއްޖޭގަ ކަލެޔަށް ޖަރީމާ ހިންގޭނެކަމަށްތަ؟ މޮޔަހީއެއް ކަލޭ ޔާމީނާެެކު އަދިވެސް ތިޔަކުރާކަމެއްކުރޭ އަހަރުމެންނަކާ ވާކަމެއްނޫން ޤާނޫނު ކަލެޔާވެސް އަރާހަމަވާނެކަން ހަނދާންނައްތާނުލާތި

އިލާސްތެރި ކަމާއެކު ދިން ވޯޓް

ވަގުނާ ގުޅޭނީ ވަގުން..... ކަލޭ ބޭނުން ވެގެން އުޅެނީ ކާކު... ވަރަށް ވެދުން

އަލީމަސް

އަހަރުމެންނަށް ހެޔޮ.. ރަގަޅީވެސް ތިގޮތަށް ހުރިއްޔާ

ގާޒީ

މިހާރު ތިހެން ބޭހުންހާތާކު ނުހުރެވޭނެ! އެންމެރަގަޅީ ޖަލު ހޯދި ނުހައްގު މުއްސަދިކަމާ ކުށެއްނެއް އެތަކެއްބަޔަކައް ދިންއަނިޔާ ޖެހޭނެ ތަހުގީގު ކުރުމަށްފަހު ހައްގު އަދަބު ލިބެންޖެހޭ،، އެކަމައް އަޅުގަޑުވެސް ވޯޓުދިނީ އިންސާފު އަށް.

ދަމަނަ

އެހެން މީހަކު ކަލޭ ނުލައްވާނެ.