Maruge Massalathakai, Fuluhunge Kankan Balan Ulhumun Huttuvi: Maniu
image
މާނިއު---
7 ކޮމެންޓް
 

މަރުގެ މައްސަލަތަކާއި ފުލުހުންގެ ކަންކަން ބަލަން އުޅުމުން ހުއްޓުވި: މާނިއު

ރާއްޖޭގައި ހިންގަމުން ދިޔަ މަރުގެ މައްސަލަތަކާއި، ފުލުހުންގެ ތެރޭގައި ހުރި ގޯސް ކަންކަން ބަލަން އުޅުމުން ހުއްޓުވި ކަމަށާއި އަންހެނުންނާއި ތުއްތު ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފު މާނިއު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މާނިއު މިއަދު ވަނީ މާތްﷲގެ ނަންފުޅު ބޭނުންކޮށްގެން އިތުރަށް ދޮގު ހަދަން މަސައްކަތް ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލާފައެވެ. މާނިއު ފޭސްބުކްއާއި ޓްވިޓަ މެދުވެރިކޮށް މިއަދު ވިދާޅުވީ މަރުގެ މައްސަލަތަކާއި ފުލުހުންގެ ތެރޭގައި ހުރި ގޯސް ކަންކަން ބަލަން ފެށުމުން އެކަން ހުއްޓުވި ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވެދާނެ ކަމަށް ސީދާ ރައީސް ޔާމީން މާނިއުއަށް ވިދާޅުވި ކަމަށެވެ.

މާނިއުވަނީ އަންހެނުންނާއި އެއް އަހަރުގެ ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ރައީސް ޔާމީންގެ މީހުން ދިން ކަމަށާއި އެކަމުގެ ބިރަށް ރާއްޖެ ދޫކޮށް ދާން ވެސް ޖެހުނު ކަމަށެވެ.
މާނިއުވަނީ މިނިވަން މުއައްސަސާތަކުގައި ތިބެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވި މެންބަރުން އިސްތިއުފާ ދެއްވާ ރައްޔިތުންގެ އަރިހުން މާފަށް އެދުމަށް ވެސް ގޮވާލައްވާފައެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ރައީސް ޔާމީން މާނިއު އެމަގާމުން ދުރު ކުރެއްވީ ފުލުހުންގެ މައްސަލަތައް ބަލަން އެއްބާރުލުން ނުލިބޭ ކަމަށާއި އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ހިޔާލު

ވަހީދު

ވަގުތު ފާއިތުވީމަ ދައްކާ ވާހަކަތައް ދިވެހިން ގަބޫލެއް ނުކުރާނެ.

އަހުމަދުލް

ހެއްކާ އެކު ވާހަކަ ދެއްކުމުން ކާމިޔާބު ވާނެ.

އަހުމަދުލް

އިޚްލަސްތެރިންނަކީ އެވާހަކަ ބުނަން ޖެހޭ ވަގުތުގަ ބުނާ މީހުން.

ބޯހުދު

ދެން މޮޅެތި ވާހަކަދައްކާނެ ކަމެއްނެތް... ވަޒީފާއެއްނެތް

ޙަލީމު

ވެރިކަން ބަދަލުވީމަ އަވަހަށް ކޮޅު ބަދަލު ކޮށްލަން ކޮންމެމީހަކުވެސް އުޅެނީ. މިއަދާއި ހަމަޔަށް މާނިއުގެ ތިއަނގަކޮބާ ؟ ދެން އޮތީ މަގާމުގެ މަސްއޫލިއްޔަތުގެ ވާހަކަ، އިންޓެގުރިޓީ ކޮމިޝަންގެ ރައީސަކަށްހުރެ އަމިއްލަ އަނބުމީހާ މަސައްކަތް ކުރަމުންދިޔަ ތަނުން އުސޫލު ތަކާއި ގަވާއިދުތަކުގެ ބޭރުން ފިލައިގެންގޮސް އުޅުނުއިރު އެކަން ސީދާ ނުފޫޒުން އެއީ ހައްގު ކަމަށް ހަދަން މަސައްކަތްކުރުމަކީ އަމިއްލަ އިންޓެގްރިޓީވެސް ނެތްކަމުގެ ހެއްކެތް. އަދި މާނިއު ވަޒިފާއިން އިސްތިއުފާ ދިނީކީވެސް ނޫން، ވަކިކޮށްލީ !

އުމަރު

މީނަ މިއީ އަދި މާ ރަނގަޅު މީހެއް ނޫނޭ މި ވާހަކަ ދައްކާކަށް. އެ ކޮމިޝަންގެ ރައީސްކަން ހޯދި ގޮތް ހަނދާން ނެތުނީތަ؟ މީނަ އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގަ ހުރިއިރު އަމިއްލަ މަސްލަހަތު އޮންނަ ކަންކަމުގަވެސް ކޮމިޝަންގެ ރައީސްގެ މަޤާމުގެ ބޭނުންކޮށް، ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން މީހުންނަށް ބިރު ދައްކާފަ ހުރިކަން އެއީ މިއަދު ފެންނަން ހުރި ކަންކަން. ދެންވެސް އަގަ މަޑުކޮށްލައިގެން ހުރިއްޔާ އެންމެ ރަނގަޅުވާނީ.

ޑިމޮކްރަސީ

ވެރިކަމުގައި ހުރެގެން ބައިވެރިްނަނާއި އެކު ކޮށްފައިވާ އަނިޔާތަކުގެ ބަދަލު ރައްޔިތުންނަށް އަވަހަށް ހޯދާދިނުމަށް ގޮވަލަން