Raees Maumoonai, Farish adhi Nadheem Vaguthun Dhookollumuge Amurakah Edhijje
image
ރައީސް މައުމޫނާއި ދަރިކަލުން ފާރިސްއާއި، ދަނބިދަރިކަލުން ނަދީމް---
2 ކޮމެންޓް
 

ރައީސް މައުމޫނާއި، ފާރިޝް އަދި ނަދީމް ވަގުތުން ދޫކޮށްލުމުގެ އަމުރަކަށް އެދިއްޖެ

ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމް ވަގުތުން ދޫކޮށްލުމަށް އަމުރަކަށް އެދި ތިން ބޭފުޅުންގެ ފަރާތުން ކްރިމިނަލް ކޯޓަށާއި ހައި ކޯޓަށް ހުށަހަޅައިފިއެވެ.
އެތިން ބޭފުޅުންގެ ފަރާތުން ކޯޓުގެ އަމުރަކަށް އެދިލެއްވުމަށްފަހު ގާނޫނީ ވަކީލު މައުމޫނު ހަމީދު ވަނީ އެކަން އިއުލާން ކުރައްވާފައެވެ. ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވަނީ 22 މެއި ގައި ޑޮކްޓަރުންގެ ލަފަޔާއެއް ގޮތަށް ރައީސް މައުމޫނު ގެއަށް ވަގުތުން ބަދަލުކުރުމަށް ކަރެކްޝަނަށްވެސް ގޮވާލައްވާފައެވެ.


ރައީސް މައުމޫނާއި ސިޔާސީ ކުށްވެރިން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ދަނީ ގޮވާލަމުންނެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދަކީ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލާނެ ކަމުގެ ވައުދެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅިގެން ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުވެސް ވަނީ ރައީސް މައުމޫނު ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ހިޔާލު

ހަސަނުމް

ތިކަން ވާނީ ހަމަ ޔާމީނުއަށް ކަމަށް މީހަކު ބުނެފަ އޮއްވާ ކޯޓަށްތަ؟

ރައުނާ

ސަޅި، ޔާމީން ގެ ދައުރުގައި ތިކަން ކޮށްލެވުނީމާ އަދި ރަގަޅީ