Vakkamai, Hiyaanaathuge Machah Insaafu Araa Hamakurumakee Aburu Kathilumeh Noon: Shifaz
image
7 ކޮމެންޓް
 

"ވައްކަމާއި، ހިޔާނާތުގެ މައްޗަށް އިންސާފު އަރާ ހަމަކުރުމަކީ އަބުރު ކަތިލުމެއްނޫން"

ވައްކަމާއި، ހިޔާނާތުގެ މައްޗަށް އިންސާފު އަރާ ހަމަކުރުމަކީ އަބުރު ކަތިލުން ނޫން ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ކުރިން ބާރަށު ދާއިރާގެ މެމްބަރު ކަންވެސް ކުރެއްވި ޝިފާޒު ކުރެއްވި ޓްވީޓެއްގައި ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ވިދާޅުވީ ވައްކަމާއި، ހިޔާނާތުގެ މައްޗަށް އިންސާފު އަރާ ހަމަކުރުމަކީ އަބުރު ކަތިލުން ކަމަށް ރައީސް ޔާމީން ގަބޫލު ނުކުރެއްވުމަށެވެ.


ޝިފާޒު ވިދާޅުވީ އެއީ ބޭއިންސާފުވުމެއްވެސް ނޫން ކަމަށެވެ. އަދި އިތުރަށް ބޭޒާރު ނުވުމަށް ރައީސް ޔާމީނަށް ދަންނަވައި ހުތުރު ވާހަކަ ނުދެއްކުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޝިފާޒުގެ މި ޓްވީތަކީ ރައީސް ޔާމީން ބަލި ގަބޫލުކުރައްވައި ގައުމާއި މުހާތަބްކޮށް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ދައުރުގައި އަބުރު ކަތިލުން ހުއްޓުވާލެވުނު ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ހިދުމަތް ކުރެއްވީ އިހުލާސްތެރިކަމާއެކު ކަމަށާއި އެ ހިދުމަތް ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ބަލައިގެންފި ކަމަށެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވޭތުވެ ދިޔަ ހަތަރު އަހަރު އެމަނިކުފާނަށް އެންމެ ބޮޑު މަސައްކަތެއް ސިޔާސީ ގޮތުން ކޮށްދެއްވީ އަނބިކަނބަލުން ފާތުމަތު އިބްރާހީމްކަން ފާހަގަކޮށް ފާތުމަތު އިބްރާހީމަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ. އޭގެ އިތުރުން ޕީޕީއެމްގެ ދެ ނައިބު ރައީސުންނާއި އެމަނިކުފާނުގެ ކެބިނެޓަށާއި އެކުގައި މަސައްކަތް ކުރެއްވި މަޖިލީހުގެ މެންބަރުންނަށް ވެސް ޝުކުރު އަދާ ކުރެއްވިއެވެ.
ހިޔާލު

ޙައްވަ

ޔާމީން އަކީ ދިވެހި ރައްޔިތުންގެ ކުއްވެރިއެއް އެއްވެސް ހާލެއްގަ ސިޔާސީ ފަރާތްތަކާ ޑީލްއެއް ހަދައިގެން މަޢާފް ދިނުން ނޫނީ ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ކުރިން ރައްޔިތުންނާ މެދު ވިސްނަވާލައްވާ! ރައްޔިތުމީހާ ބޭނުންވަނީ ކޮންގޮތެއްތޯ ސާފުކޮށްލައްވާ، މީ ނިމުނީކީ ނޫން މި 5 އަހަރު ނިމުނީމަ އަނެއްކާވެސް ދާންޖެހޭނީ ރައްޔިތު މީހާ ކައިރިއަށް އެހެންކަމުން އިންސާފުވެރި ޝަރީޢަތެއް ހިންގަވާ! ޙައްޤު އަދަބު ކޮންމެމީހަަކަށް ވެސް ލިބެންޖެހޭ އަދަބު ލިބެންޖެހެނީ ނިކަމެތި ރައްޔިތު މީހާއަށް އެކަނި އެއްނޫން!

ޓިނުފޮށި

ޔާމީންގެ މައްޗައް ވީހާވެސް އަވަހަށް ސަރިއަތް ފެށުމަށް ގޮވާލަން

ނައި

ހިކުރަން ތިބޭފުޅުން ވައްކަމާއި ފަސާދަ އަދި ނިކަމެތިން ކަތިލާ ވަޡީފަ ތަކުން ވަކިނުކުރާނެކަމްއް. ތާރީހު ކުރިންފެނުނީ ހަމަ މިކަންކަން ވީމާމިފަހަރުވެސް ރައިތުން މަތިން ހަދާން ނައްތާނުލާތި. ވޭރިކަމުން ބޭލިއްޖެ. ވޯޓުން ބަލވެސް މިރާއްޖޭގަ ކޮއްފި...

އަހުމަދު

ހިތާމަ އަކީ ހަރުކަށި ކަމާއި ގޮތް ދޫނުކުރާ މީހުންގެ ބަސް ގަބޫލުކޮށް އެގޮތުގަ ހުރުން. އެކަހަލަ މީހުން ދައްކާ ފޭކު ވާހަކަތަކަށް އިޖާބަ ދީ އަނެކުން ބާކީވުން. ހަމްދަރުދީ ދަންނަ މީހަކު ނެތް ތާގަ، ޚިޔާލު ތަފާތުވާ މީހުންނަކީ އަދާވާތްތެރިން ކަމަށް ދުށުން.

ލަދު

ޔާމީނު އުޅުއްވީ ތަންތަނުން ޓިނު ނައްޓާ ޓިނު ބޮލުޖަހައިގެން އުޅޭ ކުދިންގެ ބަހަށް ހެއްލިގެން ޓިނާއި ތަންތަނުގެ ފުރާޅު ނައްޓަން އަންބި ކަބަލުން އުޅުއްވީ ކުޑަ ގޭންގު އޮފީހެއް ހަދައިގެން މީހުނަށް އަނިޔާކުރަން ! މީ އިބުރަތުން ފުރިފައިވާ ސަރުކާރެއް ހިންގިބަޔެއް!

ލަކޫ

ތިބޭ ފުޅުން އެމްޑީޕީ ސަރުކާރުން ވެސް ވައްކަމާއި ފަސާދަ ނުހިންގާތި އޮޕްޒީޝަން ލީޑާ އާއި މައިނޯރިޓީ ފާރަވެރިވާނެ ކަން ހަދާނުގައި ބެހެއްޓުމަށް ނަސޭހަތް ތެރިވަން !

ދޮންހަސަންބެ

މި ވަގުތަކީ ލިބުނު ކާމިޔާބީގެ މަސްތުގައި ރުޅިވެރިކަން ފެތުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ވާހަކަ ދެއްކަން ޖެހޭ ވަގުތެއްނޫން. މި ވަގުތަކީ ސިޔާސީ ކޮންމެފިކުރެއްގެ މީހެއްނަމަވެސް ގައުމުގެ ސުލްވެރި އަމާން ތަނެއް ގޮތުގައި ބޭއްވުމަށް ތިމާއާއި އިދިކޮޅު މީހުނަށް ވެސް އިހްތިރާމް ދީގެން ވާހަކަ ދައްކަން ޖެހޭވަގުތު. ކުށެއްކުރިކަމަށް ގަބޫލު ކުރެވޭނަމަ އޮންނަ ހަމތަކާ އުސޫލް ތަކުގެ ތެރއިން ކަން ހިގާދިޔަ ގޮތް އިންސާފުވެރިކަމާ އެކު ބެލުން އެއީ މުހިންމު ކަމެއް..