Bandhaa Medhu Gotheh Nimmuah Sinaan ves Courtah Haaziru Kuranee
image
މެންބަރު ސިނާން---
0 ކޮމެންޓް
 

ބަންދާ މެދު ގޮތެއް ނިންމުމަށް ސިނާން ވެސް ކޯޓަށް ހާޒިރު ކުރަނީ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިނިވަން ކުރުމާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި ސިނާން ވެސް ހާޒިރު ކުރަން ނިންމާފައިވަނީ ހަވީރު ފަހެއް ޖަހާއިރުއެވެ.

ރައީސް އަބްދުﷲ ޔާމީނައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ސިނާން ވަނީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރައްވާފައެވެ.

އޭގެ ފަހުން ސިނާން ހައްޔަރުކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދައުވާ ކުރަމުންދާ އިރު 2017 ވަނަ އަހަރުން ފެށިގެން އިތުރު ބަޔަކާއި ގުޅިގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތު ނެގި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.
ހިޔާލު