CP Areefves Dhookollumaimedhu Miadhu Gotheh Nimmanee
image
1 ކޮމެންޓް
 

ސީޕީ އަރީފު ވެސް ދޫކޮށްލުމާ މެދު މިއަދު ގޮތެއް ނިންމަނީ

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފު ދޫކޮށްލުމާއި މެދުވެސް މިއަދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.
އަރީފްގެ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ މިއަދު 5 ޖަހާއިރު އަރީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިނަމައި ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ.


އަރީފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު، ނެރުމުގައި އަރީފްގެ ބައިވެރިވުން އޮތް ކަމަށް ބުނެއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އަރީފްވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ހުވަޔާއި އެއްގޮތަށް ޤާނޫނު ތަންފީޒު ކުރަން އުޅުމުން ކަމަށް ވިދާޅުވެފައެވެ.

އަރީފް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ އަސްލެއްނެތް ދައުވާ އެއް ކަމަށާއި އެއީ ފްރޭމް ކުރުމަށް އޭނާއާއި ދެކޮޅަށް އުފައްދާފައިވާ ހަގީގަތެއްނެތް މައްސަލައެއް ކަމުގައެވެ.

އަރީފް ވިދާޅުވީ، މަތީ ކޯޓަކުންވެސް އަދި ދަށުކޯޓަކުން ވެސް މީގެ ކުރިން އަމުރެއް ނެރެފައިވާނަމަ އެ އަމުރެއް ތަންފީޒު ކޮށްފައިވާނެ ކަމަށާއި އެ އަމުރު ނެރެފައިވަނީ ކޮން ގޮތަކަށްތޯ ބަލާފައި ނުވާނެ ކަމަށެވެ.

އެދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އަރީފް ވިދާޅުވީ އޭނާ ޓެރަރިސްޓަކަށް ހަދާފައިވަނީ ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން އުޅުމުން ކަމުގައެވެ. އަދި މީގެ ކުރިންވެސް ކޯޓްތަކުން ކޮށްފައިވާ އަމުރުތައް ތަންފީޒު ކޮށްފައިވާނޭކަމަށާއި އަމުރު ތަންފީޒު ކުރުމުގައި އަމުރު ނެރެފައި އޮތީ ކޮންގޮތަކަށްތޯ ބަލާފައި ނުވާނޭކަމަށްވެސް އަރީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑީޔާރު އަލީ ހަމީދުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ހިޔާލު

1828

އަރީފޫ ކޯޓުން ކަމެއް ނިންމާއިރު އެކަމެއް ގިނަ ފަހަރު ދެފަރާތަކަށް ނިސްބަތްވާނެ. އެކަން އަރީފަށް ނޭނގުނީ ތޯ؟