Alhugandu Dhookollumuge Kurin Ehen Siyaasee Hayyareen Dhookohlaa: Mahloof
image
އަޅުގަނޑު ދޫކޮށްލުމުގެ ކުރިން އެހެން ސިޔާސީ ހައްޔަރީން ދޫކޮށްލުން އެދެން: މަހުލޫފް---
0 ކޮމެންޓް
 

އަޅުގަނޑު ދޫކޮށްލުމުގެ ކުރިން އެހެން ސިޔާސީ ހައްޔަރީން ދޫކޮށްލާ: މަހުލޫފު

ގޭބަންދަށް މިވަގުތު ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މަހުލޫފް ދޫކޮށްލުމުގެ ކުރިން ސިޔާސީ ގޮތުން ހައްޔަރު ކޮށްފައިވާ އެހެން ފަރާތްތައް ދޫކޮށްލުމަށް މަހުލޫފު އެދިއްޖެއެވެ.
މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަހުލޫފު ދޫކޮށްލުމުގެ ކުރިން، ކޮލަމާފުށިން ހައްޔަރު ކުރި 15 ޒުވާނުންނާއި އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބް ރައީސް އަމީޒް ހަސަން އާއި ނަޖުމާ، އަޒުމީ، އަދި އެސް އޯ އޮފިސަރުން ދޫކޮށްލުމަށް އެދިފައެވެ.




އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށް، ގިނަ އަދަދެއްގެ ބަޔަކު އުފާ ފާޅު ކުރަމުން
ދާއިރު، ސިޔާސީ ގޮތުން ހައްޔަރު ކުރައްވާފައިވާ ގިނަ ބައެއް ދޫކޮށްލުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާ، ބައެއް ސިޔާސީ ހައްޔަރީން ދަނީ ކޯޓަށް ހާޒިރު ކުރަން އަނގާފައެވެ.

މަހުލޫފު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހަތަރު މަހާއި 24 ދުވަހަސް ޖަލަށް ކުމަށް އިއްވާ ހުކުމް ތަންފީުކޮށް ނިމިފައިވީ އިރުވެސް މިނިވަން ކޮށްފައި ނުވާތީ އެބޭފުޅާގެ ބަންދާ މެދުވެސް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ބަންދުގެ މުއްދަތު ރިވިއު ކުރައްވަން ވަނީ އެދިފައެވެ. އޭގެ އިތުރުން ޝަރިއްޔަތް ނިމެންދެން ބަންދު ކޮށްފައިވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކޯޓަށް ހާޒިރު ކުރަން ހަމަޖައްސާފައި ވެއެވެ.
ހިޔާލު