Ibu Ah MDA In Marhabaa Kiyaifi
image
އިންތިހާބީ ރައީސް އާއި އެމަނިކުފާނުގެ ރަނިން މޭޓު ރައްޔިތުންނާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ޕީއެސްއެމް
1 ކޮމެންޓް
 

އިބޫއަށް އެމްޑީއޭ އިން މަރުހަބާ ކިޔައިފި

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާފައިވާތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މަރުހަބާ ދަންނަވައިފިއެވެ.
ރިޔާސީ އިންތިހާބު، ތަނަވަސް އަގްލަބިއްޔަތަކުން އިދިކޮޅު ކެންޑިޑޭޓު ކާމިޔާބުކުރައްވާފައިވާތީ އެމްޑީއޭގެ އެންމެހާ މެންބަރުންގެ ނަމުގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައިވަނީ އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ، އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރެވޭ ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް އެޕާޓީން އުއްމީދު ކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލުފުޅުކުރައްވާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުޙަލާ ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޔާމީން ދެއްވާފައިވާތީ ރައީސް ޔާމީނަށްވެސް އެމްޑީއޭ އިން ވަނީ މަރުހަބާ ދަންނަވާފައެވެ.

މީގެއިތުރުން އެޕާޓީން އެދެނީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަޤުބަލަކަށާއި ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ރޫޙާ އެއްގޮތަށް އަޑު އެފުލުމުގައި އެޕާޓީން އަޑުއުފުލާނެކަމަށް އެޕާޓީން ބުނެއެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީއޭ އިން ވަނީ އިންތިހާބުގައި ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކާއެކު ކޯލިޝަން ނަހަދަން ނިންމާފައެވެ. އަދި މެންބަރުން، އެ މެންބަރުން ބޭނުން ޕާޓީއަކާ ގުޅިގެން ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން އެމްޑީއޭގެ ކައުންސިލުން ނިންމިއެވެ.
ހިޔާލު

ސަން

ސިޔާމު އެއުޅެނީ ބޮޑުގަހުގެ ހިޔާ ހޯދުމަށް މަނިކުފާނު ސިޔާމަށް މި އޮޑިޔަށް އަރާވަޑައިގެންނެވުމަށް ދައުވަތު ދެއްވިނަމަވެސް އެ ދަޢުވަތަށް ދެއްވީ ބީރު ކަންފަތެއް ޔާމީނުދެކެ ގަންނަ ބިރަކުން ނުވަތަ ހިންގުނު ޖަރީމާތަކުގެ ސަބަބުން މި އޮޑިޔަށް އަރާ ވަޑައިގަންނަވާކަށް ނުކެރުން އަދި ސިޔާމް ކޮންތްރޯލްކުރާ ސަރަހައްދުތަކުން ތާއީދުވެސްލިބުނީ ޔާމީނަށް ޔާމީން އަދި މަޖިލީހުގެ އެމްޑީއޭ މެންބަރުންވެސް ތާއީދު ކުރ ޔާމީނަށް ނުހޮވުނީމަ ސިޔާމު މިހާރު އެ އުޅެނީ ހިހޫތަނުންކާލެވޭތޯ އެފަދަ މީހުންނާމެދު ވިސްނާ ވަޑައިގަންނަވާ؟