Muliaage in gendhiya ehcheh balan gina bayaku evvejje
image
ލިލީމަގުގައި އެއްވެފައިތިބި ބައެއް މީހުން
2 ކޮމެންޓް
 

މުލިއާގެއިން ގެންދިޔަ އެއްޗެއް ބަލަން ގިނަ ބަޔަކު އެއްވެއްޖެ

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ހިންގާ ތަނެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ މުލިއާގެއިން ނެރެގެން ގެންދިޔަ އެއްޗެެއް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެއެވެ.
މުލިއާގެއިން ލޮރީތަކުގައި ތަކެތި ނެރެގެން ގެންދަން ފެށުމުން އެއީ ކޯއްޗެއްތީ ބެލުމަށް ބައެއް ރައްޔިތުން ލޮރީތައް ފަހަތުން ދާންފެށުމުން އެކި ތަންތަނުގައި މަޑުކުރަމުން ގޮސް އެތަކެއްޗާއިއެކު ލޮރީތައް ވައްދާފައިވަނީ ލިލީމަގުގައި ހުންނަ ރިޔާސީ ގަނޑިވަރުގެ މެއިންޓަނަންސް ގަރާޖަށެވެ.

އެތަނުގައި ލޮރީތައް ބަހައްޓާފައިވަނީ އޭގައި ހުރީ ކޯއްޗެއްކަން ނޭންގޭގޮތައް ފޮރުވުމަށް ފަހުގައެވެ. ނަމަވެސް ލޮރީތަކުގައި ހުރީ ކޯއްޗެއްތޯ ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ލިލީމަގުގެ މުލިއާގެ މެއިންޓަނަސް ގަރާޖްގެ ސަރަހައްދަށް އެއްވެ ހަރަކާތްތެރިވަމުން ގެންދާއިރު ފުލުހުންވެސް އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މެއިންޓަނަންސް ގަރާޖްގެ ގޭޓް ބަންދުކޮށްފައިވާއިރު އެސަރަހައްދަށް އެއްވެފައިވާ މީހުން ގޮވަމުން ގެންދަނީ މުލިއާގެއިން ވަގަށް ނެރެގެން ގެންގޮސްފައިވަނީ ކޯއްޗެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމުގައެވެ.

މުލިއާގެއިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ގެންދާއިރު މިއަދުވަނީ ބޮޑެތި ކަޅު ކޮތަޅުތަކުގައި އެއްޗެހިތަކެއް ވެމްކޯގެ ވެހިކަލްތަކަށް އަރުވައިގެން ގެންގޮސް އުކާވެސްލާފައެވެ. ނަމަވެސް އުކާލާފައިވަނީ ކޯއްޗެއްކަމެއްވެސް ސާފެއް ނުވެއެވެ.
ސިޔާސީ މަޝްރަހު
ހިޔާލު

ވަގު

މާތްކަލާކޯ. ގޮވާޒާތު އެއެްޗެއް ހަރުކޮއްފަ ތި އެއެްޗިހި އަނބުރާ ނޮވެމްބަރ 17 އަށް ރެޑީކޮއްފަ މުލިއާގޭގަ ބަހައްޓާފާނެ. އިބޭގެ ސެކިއުރިޓީ ވަރުގަދަކުރޭ. ތިޔަ އުކިއެްޗިހި އަންދާލަފާނެ. ސިއްރު ލިޔެކިޔުން ކަމަށްވާނީ. ވެމްކޯގަ އުޅޭ ޔާމީންގެ މީހުން. މިބުނީ މަށަށް އިނގިގެން އަދުރޭގެ އާއި ނިހާނުގެ މީހުން ތިބޭ.

މަކުނު

ވަގަށޭ ތޯ