Modi aa Bahdhalukurehvumuge Dhauvathu Ibu ah
image
އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް--ފައިލް ފޮޓޯ ޓްވިޓާ
1 ކޮމެންޓް
 

މޮޑީ އާ ބައްދަލުކުރެއްވުމުގެ ދައުވަތު އިބޫއަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޮޑީ އާ ބައްދަލުކުރެއްވުމުގެ ދައުވަތު، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮޑީ މިރޭ ގުޅުއްވާ މަރުހަބާ ދެންނެވި ކަމަށެވެ.

މޮޑީއާ ބައްދަލުކުރެއްވުމުގެ ދައުވަތު ދެއްވުމުން އެ ދައުވަތު ގަބޫލުފުޅު ކުރެއްވިކަން ދަންނަވާފައިވާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

މޮޑީ ގުޅުއްވާ ދެއްކެވި ވާހަކައިގައި އިންޑިއާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވިދާޅުވި ކަމަށާއި ޑިމޮކްރަސީއަށް ކުރާ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭޣެ ތަރައްގީއަށް ކޮށްދެވެންހުރި ހުރިހާ ކަމެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް މޮޑީ ވިދާޅުވި ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ހިޔާލު

ރައިން

ކިއްވީތޯ މިހަބަރާގުލޭގޮތުންޖަހާކޮމެންޓުތައް ޝާއިރުނުކުރަނީ