Muliaage in gendhiyaee raees yameen ge amilla thakethi: Tharujamaanu
image
މުލިއާގެއިން ތަކެތި ނެރެގެން ގެންދާތީ އެއްވި ބައެއް މީހުން
2 ކޮމެންޓް
 

މުލިއާގެއިން ގެންދިޔައީ ރައީސް ޔާމީންގެ އަމިއްލަ ތަކެތި: ތަރުޖަމާނު

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ހިންގާ ތަނެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ މުލިއާގެއިން ނެރެގެން މިއަދު ގެންދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޭނުންކުރައްވާ ތަކެތިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މުލިއާގެއިން ލޮރީތަކުގައި ތަކެތި ނެރެގެން ގެންދަން ފެށުމުން އެއީ ކޯއްޗެއްތީ ބެލުމަށް ބައެއް ރައްޔިތުން ލޮރީތައް ފަހަތުން ދާންފެށުމުން އެކި ތަންތަނުގައި މަޑުކުރަމުން ގޮސް އެތަކެއްޗާއިއެކު ލޮރީތައް ވައްދާފައިވަނީ ލިލީމަގުގައި ހުންނަ ރިޔާސީ ގަނޑިވަރުގެ މެއިންޓަނަންސް ގަރާޖަށެވެ.

އެތަނުގައި ލޮރީތައް ބަހައްޓާފައިވަނީ އޭގައި ހުރީ ކޯއްޗެއްކަން ނޭންގޭގޮތައް ފޮރުވުމަށް ފަހުގައެވެ. ނަމަވެސް ލޮރީތަކުގައި ހުރީ ކޯއްޗެއްތޯ ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ލިލީމަގުގެ މުލިއާގެ މެއިންޓަނަސް ގަރާޖްގެ ސަރަހައްދަށް އެއްވެ އަޑުއުފުލާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެއީ ރައީސްގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށާއި ގާނޫނާއި ހިލާފަށް އެއްވެސް އެއްޗެއް މުލިއާގެއިން ނެރެގެން ގެންގޮސްފައި ނުވާ ކަމުގައެވެ.
މީގެ އިތުރުން މުލިއާގެއިން ނެރެގެން ގެންދިޔަ ތަކެއްޗާއި ގުޅޭގޮތުން ފަތުރަނީ ގޮދު ވާހަކަތަކެއްކަމަށް މުއާޒު ވިދާޅުވިއެވެ.

މުލިއާގެއިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ގެންދާއިރު މިއަދުވަނީ ބޮޑެތި ކަޅު ކޮތަޅުތަކުގައި އެއްޗެހިތަކެއް ވެމްކޯގެ ވެހިކަލްތަކަށް އަރުވައިގެން ގެންގޮސް އުކާވެސްލާފައެވެ. ނަމަވެސް އުކާލާފައިވަނީ ކޯއްޗެއްކަމެއްވެސް ސާފެއް ނުވެއެވެ.

މީގެ އިތުރުން މުލިއާގެއިން ނެރެގެން ގެންދިޔަ ބައެއް ތަކެތި މިރޭ ގެންގޮސްފައިވަނީ ވެސްޓްޕާކް ސަރަހައްދުގައި ހުންނަ ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހައަށެވެ.
ރައީސް އޮފީސް
ހިޔާލު

އަމިއްލަ

މިލިއާގޭގައި ބޮޑު 2 ލޮރީ ފުރެންދެން އަމިއްލަ އެއްޗެހި ހުރެދާނެކަމަށް ހާދަ ނުބެލެވެއޭ. އެތަނަކީ ކުރިންވެސް ބަޔަކު ދިރިއުޅެފަ ހުރި ތަނެއް. ބަރާބަރަށް ހަމަޔަށް ފަރުނީޗަރު ހުރި ތަނެއް. އެތަނަކީ ރައީސް ޔާމީން ދިރިއުޅުއްވި ތަނެއް ނޫން. އެހެންވީމަ އެތާނގަ އެހާ ބައިވަރު އަމިއްލަ އެއްޗެހި ހުރެދާނެކަމަށް ނުބެލެވޭ.

އަހުމަދު

ގެންދަން ވަރަށްގިނަތަކެތި ހުންނާނެ އަދިވެސް ..ނޭގޭ ސިއްރުތަކެތި އަދަދުނޭގޭނެ......