Raees yameen campaign office sarahahdhugai ehchehi thakeh roakoh andhaalaifi
image
ވެސްޓްޕާކް ސަރަހައްދުގައި މިރޭ އެއްޗެހިތަކެއް އަންދަނީ
4 ކޮމެންޓް
 

ރައީސް ޔާމީން ކެމްޕެއިން އޮފީސް ސަރަހައްދުގައި އެއްޗެހިތަކެއް އަންދާލައިފި

ރައީސް ޔާމީން ކެމްޕެއިން އޮފީސް ހިންގާ ވެސްޓްޕާކް ސަރަހައްދުގައި މިރޭ ގިނަ އަދަދެއްގެ އެއްޗެހިތަކެއް ރޯކޮށް އަންދާލައިފިއެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ސަރަހައްދުގައި އެއްޗެހި ތަކެއްގައި ރޯކޮށް އަންދާލާފައިވާއިރު ބައެއް ތަކެތިހުރީ ކަރުދާސް ފޮށިގަނޑު ތަކެއްގައެވެ. ނަމަވެސް އެ ސަރަހައްދުގައި ރޯކޮށް އަންދާލާފައިވަނީ ކޮން އެއްޗެއްކަން ސާފެއް ނުވެއެވެ.

ވެސްޓްޕާކް ސަރަހައްދުގައި އެއްޗެހިތަކެއް ރޯކޮށް އަންދާލާފައިވާއިރު މިއަދު މުލިއާގެއިން ނެރެގެން ގެންދިޔަ ބައެއް ތަކެތިވަނީ ކެމްޕެއިން އޮފީސް ހުންނަ ފެސްޓްޕާކަށް ގެންގޮސްފައެވެ. ނަމަވެސް މުލިއާގެއިން ނެރެގެން ގެންދިޔައީ ކޮން އެއްޗެސެއް ކަމެއް ސާފުވާގޮތެއް ނުވިއެވެ.

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ހިންގާ ތަނެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ މުލިއާގެއިން ނެރެގެން މިއަދު ގެންދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޭނުންކުރައްވާ ތަކެތިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭވަނީ ވިދާޅުވެފައެވެ.

މުލިއާގެއިން ލޮރީތަކުގައި ތަކެތި ނެރެގެން ގެންދަން ފެށުމުން އެއީ ކޯއްޗެއްތީ ބެލުމަށް ބައެއް ރައްޔިތުން ލޮރީތައް ފަހަތުން ދާންފެށުމުން އެކި ތަންތަނުގައި މަޑުކުރަމުން ގޮސް އެތަކެއްޗާއިއެކު ލޮރީތައް ވައްދާފައިވަނީ ލިލީމަގުގައި ހުންނަ ރިޔާސީ ގަނޑިވަރުގެ މެއިންޓަނަންސް ގަރާޖަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެތި މިރޭ ވެސްޓްޕާކްގައި ހުންނަ ކެމްޕެއިން އޮފީހަށް ގެންދިޔަކަން ވަނީ އެނގިފައެވެ.

މުލިއާގެއިން ގެންދިޔައީ ކޯއްޗެއްތޯ ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ލިލީމަގުގެ މުލިއާގެ މެއިންޓަނަސް ގަރާޖްގެ ސަރަހައްދަށް އެއްވެ އަޑުއުފުލާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެއީ ރައީސްގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށާއި ގާނޫނާއި ހިލާފަށް އެއްވެސް އެއްޗެއް މުލިއާގެއިން ނެރެގެން ގެންގޮސްފައި ނުވާ ކަމުގައެވެ.
މީގެ އިތުރުން މުލިއާގެއިން ނެރެގެން ގެންދިޔަ ތަކެއްޗާއި ގުޅޭގޮތުން ފަތުރަނީ ގޮދު ވާހަކަތަކެއްކަމަށް މުއާޒު ވިދާޅުވިއެވެ.

މުލިއާގެއިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ގެންދާއިރު މިއަދުވަނީ ބޮޑެތި ކަޅު ކޮތަޅުތަކުގައި އެއްޗެހިތަކެއް ވެމްކޯގެ ވެހިކަލްތަކަށް އަރުވައިގެން ގެންގޮސް އުކާވެސްލާފައެވެ. ނަމަވެސް އުކާލާފައިވަނީ ކޯއްޗެއްކަމެއްވެސް ސާފެއް ނުވެއެވެ.
ހިޔާލު

ޙލދ

ދިވެހިޜައްޔިތުންނިކުމެ މީނާ ކުޑަކަކުލައްތިރިކުރީމަވެސް
ތިރިނުވާން ކުރާމަސައްކަތް މި ފެންނަނީ

އަހަންމާބެ

އުކާލާނީ ކުންޏެއްނޫންތަ، ކުނީގެ ބާވަތްތައް ވަކިކުރަން ނޫސްވެރިން ދިޔަނަމަ ފުޅިޔާ ދަޅާ ކަރުދާސް ފިޔަވައި އެހެން އެއްޗެއް ހުރިކަންވެސް ސާފުވާނެނުން،

ާާޢާއިޝާ

ޢިބޫ މުލީއާގެއަށް ވަޑައިގަންނަވަންވާ އިރަށް އެތަން ސާފުކޮއް ތާހިރު ކުރަން ޖެހޭނެއެއްނު ޕީޕީއެމްގެ ބައްދަލުވުން ތައް އެތާ ބާއްވާ ކަމަށް ވާހަކަ ދެކެވިފަވަނީ އެހެން ކަމަށްވާ ނަމަ ޕާޓީގެ ލިޔެ ކިޔުންތަކެއް ކަމަށްވެސް ވެދާނެ ދޮއްތަަ

މާމަ

މިދެން ކަންތަކާ ޖެހުނީ. ރާއްޖެއަކު ހަމަޖެހިގެނެން ނޫޅެވޭނެ. އެމްޑީޕީ ވެރިކަމުގަ ކަމަކަށްވާނީ މުޖާހަރާ ކުރުން.