Kulhudhuffushi Airport Ge Terminal: Vaguthee Hiyalehtha?
image
ހދ. ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލް-- ފޮޓޯ: ކުޅުދުއްފުށީ އަންބަޔާސް
9 ކޮމެންޓް
 

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް: ވަގުތީ ހިޔަލެއްތަ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މިދިޔަ ހަފުތާގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތްތައް ނުނިމެނީސް އެތަން ރަސްމީކޮށް ހުޅުއްވާދެއްވާފައިވާއިރު އެއާޕޯޓު ޓާމިނަލްގައި ޗެކިން ކުރިއަށްދާގޮތުގެ ފޮޓޯއެއް އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެއްޖެއެވެ.
ބޮޑު ރަސްމިއްޔާތެއް ބާއްވާ ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައެއް ހިއްކައިގެން ތަރައްގީކުރަމުން އަންނަ އެއެއާޕޯޓު ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވިއިރު އެތަނުގައި ނިމިފައި އޮތީ ރަންވޭގެ މަސައްކަތް އެކަންޏެވެ. މިހާރު އާއްމުންވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓު ޓާމިނަލް ހިޔާކޮށްފައި އޮތްނަމަވެސް އެތަނުގެ ވަށާފާރު ވެސް ފެންނާކަށް ނެތެވެ. ތަނަށް ބޭނުންވާ ސާމާނުތައް ވެސް ޓާމިނަލުގައި ނެތި ޗެކިން ކުރިއަށްގެންދާ މަންޒަރު ފޮޓޯތަކުން ފެންނައިރު އެއީ އެރަށު މީހުންނަށް ހައްގު މިންވަރުތޯ އެއްބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

- އެއާޕޯޓު ޓާމިނަލްގައި ޗެކިން ކުރިއަށްދަނީ--- ފޮޓޯ: ކުޅުދުއްފުށީ އަންބަޔާސް

އެތަނަކީ ބިއްލޫރި ޓާމިނަލެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރަމުން އަންނައިރު އަނެއްބަޔަކު ބުނަމުން އަންނަނީ ވައުދެއްނަމަވެސް އެންމެން ހިތްހަމަޖެހޭ ގޮތަށް ނުފުއްދޭނެކަމަށެވެ. އަދި ގަދަވަޔާއި ވިއްސާރާގައި ކަނޑުމަގުން ހަނިމާދޫއަށް ދިއުމުގެ ބަދަލުގައި އަމިއްލަ ރަށުން ފުރަން ލިބުމުން ޝުކުރުކުރަންޖެހޭކަމަށެވެ.

ދައުލަތުގެ ބަޖެޓުން 53.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އެއް އޮވެއެވެ. އެއާޕޯޓު ހުޅުއްވަދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެރަށުގައި ގާއިމުކުރާނީ ރާވާލާ ޓާމިނަލްއެއްކަމުން މިއަހަރު ނިމުމުގެ ކުރިން އެމަސައްކަތް ނިންމާލެވޭނެކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވުމާއެކު ކުރިއަށް އޮތް ފަސް އަހަރު ވެރިކަންކުރައްވާނީ އެމަނިކުފާނެއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 17 ގައި އެމަގާމަށް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވިނަމަވެސް ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވަނީ އިންތިހާބަށް ތާއީދުހޯއްދެއްވުމަށް ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.
ހިޔާލު

ނާޅި

ރަގަޅު ރައްޔިތުންނަށް ވީހާވެސް އަވަހަށް ހިދުމަތް ދިނުން އެއީ ހަމަ ރަގަޅު ގޮތް !

ސެހު އިލިޔާސް

އިބޫ ކާރީގަ ބުނޭ ރީނދޫ ކުލަ ލާށޭ އޭރުން ހުންނާނީ ޗެކިންވެފަ. ސާބަހޭ ރައީސް ޔާމީން

ޖަމީލަ

އެވަރު ކޮށްދިނިމާވެސް ޝުކުރެއް ނުކުރޭ. ހެޔޮދާނެ ކޮންމެ ގޮތަކަށް ޗެކިން ހެދިޔަސް

ސީ

ހޯހޯ ޔާމީން ހަދާދިން އެއާޕޯޓު ދޯ ތީ. އިބޫއަށް ނުކޮށްދެވޭނެ އެއްކަމެއްވެސް ދެން އޮވޭ

ސަލޯ

ތީވަރު ކޮށްދީނީމަވެސް ދެރެވޭ. އެީ އެކަން ބަލައެއްނުގަތް. ރަހުމެއް ކުލުނެއް ނެތް ބައެއްތީ . ދެން އޮވޭ އެއާޕޯޓު ކާގެނ. ރިނދޫ މީހުން ނޮކޮށްދޭނެ އެއްކަމެއްވެސް

އަހުމަދު

ނިމުނީމަ ދޯ ހުޅުވަންވާނީ...... ނުނިމެނިސް އަވަަސް އަރުވާގަނެގެން ހުޅުވީދޯ..... އަމާޒަކީ ވޯޓް.... މިހެންހެދީމާ ޤަބޫލު ނުކުރެވޭނެ....

ލިން

އޮކޭތާ ތިވަރުވެސް ވީކަން މަދުދުވަސްކޮލެއްގެ ތެރޭގައި.. އާޓާރމިނަލްގެ މަސައްކަތް ދަނީ ރޮކެޓް ސުޕީޑުގަ ކުރިޔަށް.. އަދި ތިރަށުމީހުން އެކަނި ތިތނަށް ދަރުރުކުރަނީވެސް.. ހއ.ގަ ތިހެން އެއަރޕޯޓެއް އަޅައިދިންނަމަ މެޖޯރިޓީ ދިނީސް. ދޯކާ ދިނީމާ ދޯކާ އޮންނާނީ.

އަހުމަދު

އެހެން ވެރިއަކަށް ކުޅުދުއްފުށީފައި އެއާޕޯޓެއް ނެހެދުނެންނު ހަދަން ނިޔަތްވެސް ނުގަނޭ ދެންހެދީމާ ހަމަ ދަތުރު ނުކުރާން ބުނިމީހުންވެސް ދަތުރުވެސް ކުރާނެ ބުރިޖުންވެސް ދުއްވާނެ ހިގާނެ އަދި ހުޅުމާލޭ ފުލެޓްވެސް ބޭނުންކުރާނެ މިހުރިހާ ކަމެއްވެސް ކުރީ ރައީސް ޔާމީން ،އޭނަގެ ވިސްނުން ވަރަށްމޮޅު ދެން ވަރަށް ސަލާމް

މާމިގިލީ ކަމަނަ

ޔާމިން ހަދައިދިން އެއާޕޯޓު ހަހަހަހަހަހަހަހަަަ މަނަމަވެސް ކަޑަވާނެ