Actor Mohsin Ah Instagram In 1 Million Followers Libi Ufaa Faalhukuranee
image
މުހްސިން ހާނާއި އޭނާގެ ލޯބިވެރިޔާ--
0 ކޮމެންޓް
 

އެކްޓަރު މުހްސިނަށް އިންސްޓަގްރާމުން އެއް މިލިއަން ފޮލޯވާސް ލިބި އުފާ ފާޅުކުރަނީ

ސްޓާ ޕަލްސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭގައި ކާތިކްގެ ރޯލުން ފެނިގެންދާ މުހްސިން ހާނަށް މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމުން އެއް މިލިއަން ފޮލޯވާސް ލިބިގެން އެކަމުގެ އުފާ ފާޅުކުރަން ފަށައިފިއެވެ.
މަޝްހޫރު ޓީވީ ޝޯ، ނިޝާ އޯރް އުސްކޭ ކަޒިންސްގައި ވެސް ފެނިގެންގޮސްފައިވާ އުމުރުން 26 އަހަރުގެ މުހްސިން ވަނީ އޭނާއަށް އެއް މިލިއަން ފޮލޯވާސް ލިބުމުގެ އުފަލުގައި ކޭކެއް ފަޅާއި ދާދިފަހުން ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ނެރުނު ފިލްމު ދަޅަކްގެ ލަވައެއްކަމަށްވާ "ޒިންގާތު" އަށް ނަށާފައެވެ. އެގޮތުން ކޭކު ފަޅާއި މަންޒަރާއި ނަށާ މަންޒަރު ދައްކުވައިދޭ ވީޑިއޯކޮޅު އިންސްޓަގްރާމުގައި ހިއްސާކޮށް އޭނާގެ ޝޯތައް ބަލާ ފަރާތްތަކަށް ޝުކުރުއަދާކުރެއެވެ.

މީގެ ނުވަ ވަރަކަށް އަހަރުކުރިން ދައްކަން ފެށި ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭއަކީ ވަރަށް މަޝްހޫރު ޝޯއެކެވެ. އެގޮތުން ކުރިން އެޝޯގެ ވާހަކަ ބިނާވެފައި އޮތީ އަކްޝަރާ ނުވަތަ ހީނާ ހާނާއި ނޭތިކް ނުވަތަ ކަރަން މެހްރާގެ ދިރިއުޅުމުގެ މައްޗަށެވެ. ނަމަވެސް ޝޯ ދޫކޮށް ކަރަން އާއި ހީނާ ގޮސްފައިވާތީ ޝޯގެ ވާހަކަ މިހާރު ވަނީ ކާތިކް އާއި ނައިރާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައެވެ.

ކާތިކް އާއި ނައިރާގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވަނިކޮށް ހަބަރުތައް ފެތުރުނު ގޮތުގައި އެދެމީހުންނަކީ އަސްލު ދިރިއުޅުމުގައި ވެސް ދެ ލޯބިވެރިންނެވެ. އަދި އެކަމަށް މުހްސިން އެއްބަސް ވެސް ވެފައިވެއެވެ.

ލައިފް އޯކޭ އިން ދެއްކި ޑްރާމާ "ޑްރީމް ގާލް" ގައި ވެސް މަސައްކަތްކޮށްފައިވާ މުހްސިން ވަނީ "މެރޭ އާޝިގީ ތުމް ސޭ ހީ" ޝޯގައި ވެސް މަސައްކަތްކޮށްފައެވެ.
ހިޔާލު