Priyanka Aai Nick Adhi Sonam Aai Anand Ekugai Vaguthu Heydhakuranee
image
ޕްރިޔަންކާ އާއި އޭނާގެ ލޯބިވެރިޔާ އަދި ސޯނަމް އާއި އަނަންދު--
0 ކޮމެންޓް
 

ޕްރިޔަންކާ އާއި ނިކް އަދި ސޯނަމް އާއި އަނަންދު އެކުގައި ވަގުތު ހޭދަކުރަނީ

ލޯބިވެރިޔާ ނިކްގެ އުފަން ދުވަސް ފާހަގަކުރުމަށް ލަންޑަނަށް ދިޔަ ޕްރިޔަންކާ ވަނީ އިންޑިއާގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގައި ހިމެނޭ ނީތާ އަމްބާނީއާ މުކޭޝްގެ ދަރި އިޝާ އަމްބާނީގެ އެންގޭޖުމަންޓް ހަފުލާގައި ބައިވެރިވުމަށް ނިކް އާއެކު އިޓަލީއަށް ގޮސްފައެވެ. އެހަފުލާގައި ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ ވެސް ބައިވެރިވިއިރު ހަފުލާއަށް ފަހު އެހަތަރު މީހުން ވަނީ އެކުގައި ވަގުތު ހޭދަކޮށްފައެވެ.
ޕޫލެއްގެ ކައިރީ ހަތަރު މީހުން އިށީންދެގެން ވާހަކަ ދައްކަން ތިބި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުން އަންނައިރު ބައެއް ފޮޓޯތަކުގައި ޕްރިޔަންކާގެ ކައިރީ އޭނާގެ ކޮއްކޮ ސިދާތު ވެސް އިނދެއެވެ.

އިޝާ އަމްބާނީގެ އެންގޭޖުމަންޓް ހަފުލާގައި ޕްރިޔަންކާ އާއި ނިކް ބައިވެރިވެފައިވަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތްރާގެ ޑިޒައިނެއްގައެވެ. އެގޮތުން ޕްރިޔަންކާ ސާޅީގައި ހުރިއިރު ނިކް ވެސް ހުރީ އިންޑިއަން ސްޓައިލެއްގެ ހެދުމެއްގައެވެ. އެހަތަރު މީހުންގެ އިތުރުން ބޮލީވުޑުގެ ގިނަ ތަރިންތަކެއް އިޝާގެ އެންގޭޖުމަންޓުގައި ބައިވެރިވުމަށް އިޓަލީއަށް ދިޔައިއިރު އެމީހުން މިހާރު ވަނީ އެނބުރި އިންޑިއާއަށް ގޮސްފައެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު " ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ފެށުމުގެ ކުރިން ލޯބިވެރިޔާއާއެކު ކުޑަ ޗުއްޓީއެއް ހޭދަކުރަމުން އަންނައިރު އެމީހުން ވަނީ މިދިޔަ މަހުގައި އެންގޭޖުވެފައެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ހަބަރުތައް ބުނެއެވެ.

ތިން އަހަރު ރައްޓެހިވެގެން އުޅުމަށްފަހު ވިޔަފާރިވެރިޔާ އަނަންދާއި ސޯނަމް ކައިވެނިކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ކުރީކޮޅެވެ. ކައިވެނިކުރި ނަމަވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ފިރިމީހާގެ ފަރާތުން ވެސް އެއްބާރުލުން ލިބޭކަމަށް ސޯނަމް ބުނެއެވެ.
ހިޔާލު