Faris ge hukumuge isthiunaaf aadheetha dhuvahu
image
ފާރިސްގެ ހުކުމުގެ އިސްތިއުނާފް އާދީއްތަ ދުވަހު
0 ކޮމެންޓް
 

ފާރިސްގެ ހުކުމުގެ އިސްތިއުނާފް އާދީއްތަ ދުވަހު

ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކޮށްފައިވާ ޝްހްސު އޮޅުވާލުމުގެ ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހައިކޯޓްގައި ތާވަލުކޮށްފިއެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރިކަމަށް ބުނެ ފާރިން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ. އަންނަ އާދީއްތަ ދުވަހު ހައިކޯޓްގައި ބާއްވާ އިސްތިއުނާފްގެ އަޑުއެހުމަކީ މިމައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:15 ގައެވެ.

ފާރިސްގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލުކުރި އިރު، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކުރެއްވި ފަހުން، ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ގިނަ ބަޔަކު ކޯޓްތަކުން މިހާތަނަށްވަނީ ދޫކޮށްލާފައެވެ.
ހިޔާލު