PPM ge raees ge magaamah raees yameen
image
މިހާރު ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން
7 ކޮމެންޓް
 

ޕީޕީއެމްގެ ރައީސްގެ މަޤާމަށް ރައީސް ޔާމީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރައީސްގެ މަޤާމަށް މިހާތަނަށް އެމަޤާމުގައި ހުންނެވި އެޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފިއެވެ.
ޕީޕީއެމްގެ ރައީސްގެ މަޤާމަށް ރައީސް ޔާމީން އިންތިހާބުކޮށްފައިވަނީ މީޑިއާއަށް ސިއްރުކޮށްގެން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާގައެވެ. ކުއްލިގޮތަކަށް ޕީޕީއެމްގެ ކޮންގްރެސް ބާއްވާ ރައީސް ޔާމީނަށް ޕާޓީގެ ރައީސްކަން ދީފައި މިވަނީ މިިދިޔަ އާދީޢްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލިވެފައި ވަނިކޮށެވެ.

ޕީޕީއެމްގެ ކޮންގްރެސްއިން ރައީސް ޔާމީން ޕާޓީގެ ރައީސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވިއިރު އެމަޤާމަށް ކުރިމަތިލައްވާފައިވަނީވެސް ރައީސް ޔާމީން އެކަންޏެވެ.

މިހާރު ކުރިއަށްދަނީ ޕާޓީގެ ނައިބު ރައީސުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނައިބު ރައީސުން އައްޔަން ކުރުމުގެ ވޯޓެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ އެމަޤާމުގައި ތިއްބެވި އަބްދުއްރަހީމް އަބްދުﷲ އާއި މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދާއި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީގެ އިތުރުން ރަޢީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރެވެ.

ޕީޕީއެމްގެ ކޮންގްރެސް ކުރިއަށްދާއިރު ކޮންގްރެސް ހުއްޓުވާދިނުމަށް އިލެކްޝަންސް ކޮމިޝަނަނާއި ސިވިލް ކޯޓަށްވަނީ ހުށަހަޅާފައެވެ.

ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަންޖެހޭ ގާނޫނީ ހުއްޖަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. މިމައްސަލާގައި ސިވިލް ކޯޓުން އެއްވެސް ނިންމުމެއް އަދި ނުނިންމައެވެ.

ހިޔާލު

ނޫސް ބަލާމީހާ

އަދިވެސް ޚުދުމުޚްތާރުކަމާ ގަދަފައި ވިއްދުންނޫންމަމެއް މިބައިމީހުންގެ ކިބަޔަކުން ނުފެނޭ .

ވާސިފު

ވަރަށް އަވަހަށް ތިއަ ޕާޓީ ގަނޑުވެސް އަތުލެވޭނެ ނުބަޔަކުން ފަށާ ކޮންމެކަމެއްގެ ނިމުން ހިތިވާނެ

ބާމި

ނަމުގެ ކުރިއަށް ރައީސް ކީމަ ލިބޭ ހިއްހަމަޖެހުމެއް ކުޑަ ދުވަސްކޮޅަކަށް ލިބޭނެ،

ވާނުވާ

2018 ނޮވެމްބަރ 11 އިން ފެށިގެން ކުރިޔަށް އޮތް5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ރައީސް ކަމަށް ބަޔަކު ޔާޟީން އައްޔަން ކުރިނަމަވެސް ދެނެއް ކުރާނެ ކަމެއްނެތް ޕީޕީ އަކީ ޔާމީނާ އަދުރޭ އާ ނިހާނާ ޒަމީރާ ރީކޯމޫސަޔާ ސޭކް ޝަހީމުގެ ތަރިކަ މުދަލެއްނޫން

ރައީސް

ރަނަގަޅު. ކޮންމެސް ތަނެއްގެ ރައީސްކަންދީފަ ގުނބޯ ހައްދާފަ ބައިންދާ. ހިހިހިހި

އަލީ

އަސްލުވެސްތަ. ހީވެސް ނުކުރަން ތިހެންވާނެ ކަމަށް. ލޮލް

އާދަނުބެ

ގާސިމް ނަންވާނީ. ހަމަ އެކަނި އެކަކަށް ކުރިމަތިލެވޭގޮތަށް ބައްވައިގެން ތިޔކަން ތިނިންމީ. މީ ޑިމޮކްރެޓިކް ޕާޓީއެއްތަ. ހުސް ވައްކަން. ޕާޓީވެސް ފޭރިގަތީ.ޖަލަށް ލީމާ ގޮޏޑި ގެއްލޭނެ.