PPM ge 4 naibu raeesun inthihab koffi
image
ޕީޕީއެމްގެ ހަތަރު ނައިބު ރައީސުން އިންތިހާބުކޮށްފި
7 ކޮމެންޓް
 

ޕީޕީއެމްގެ ހަތަރު ނައިބު ރައީސުން އިންތިހާބުކޮށްފި

ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސްގެ ހަތަރު ނައިބު ރައީސުން މިއަދު އިންތިހާބުކޮށްފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕީޕީއެމްގެ އާދަޔާ ހިލާފް ސިއްރު ކޮންގްރެސްގައި ހަތަރު ނައިބު ރައީސުންގެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

ނައިބު ރައީސްގެ މަޤާމަށް ކުރިއަތިލެއްވި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ އެމަޤާމަށް ހޮވިވަޑައިއެއް ނުގަންނަވައެވެ.

މިހާރު ކުރިއަށްދާ ކޮންގްރެސްގައި އެޕާޓީގެ ރައީސްގެ މަޤާމަށް ރައީސް އަބްދުﷲ ޔާމީންވެސްވަނީ އިންތިހާބު ކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ކުރިއަށްދާއިރު ކޮންގްރެސް ހުއްޓުވާދިނުމަށް އިލެކްޝަންސް ކޮމިޝަނަނާއި ސިވިލް ކޯޓަށްވަނީ ހުށަހަޅާފައެވެ.

ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަންޖެހޭ ގާނޫނީ ހުއްޖަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. މިމައްސަލާގައި ސިވިލް ކޯޓުން އެއްވެސް ނިންމުމެއް އަދި ނުނިންމައެވެ.
ޕީޕީއެމް
ހިޔާލު

ހުސެން

ޖީއެމްއާރް އަށް 400 މިލިޔަން ޑޮލަރު ދޭން ޖެހުނު ކަހަލަ ލީގަލް އެޑްވައިސް ނަމަވެސް ކޮންމެވެސް އެޑްވައިސް އެއް އާޒިމާ ދޭނެ. ދެން ހޮވުނު މީހުނަކީ ޕީޕީއެމް ގެ ހަލާކު. އެމީހުނާހެދި މިފަހަރު ޕީޕީއެމް ފޭލްވީ.

އިއުލާން

މީހެއްގެ އަސުރުމާގަހެއް ގޭންގަކުންނިކުމެ ވަގައްގެންގޮސްފި ..

މުހަންމާ

ޝައިނީވެސް ބާކީ؟

އަހުމަދު

ކޮބާހީވެ ކަލޭމެންބުނާނެ އަދުރޭ ހިސާބުކަޑަވާހަކަ ޑޮކްޓަރ އަކު ފަހަތަށްޖައްސާލީއެއްނު......
ނައިބުރައީސްްކަން ދަމައިގަތީއެއްނު....

ވިސްނާލިނަމަ

ޝަހީމަށް ކީއްވެ މަގާމެއްނުދިނީ. ނައިބު ރައިސްތަކުގެ ތެރެއިން އެކަކަށް. ޕާޓީގެ ކުރިމަގަށް އިސްލާމްދީނާ ފުށޫނަރާ ގޮތަށް ކަންކަން ރާއްވަން މުހިއްމުކަމެއް ކަމަށް ލަފާކުރެވޭ.

އަހުމަދުލް

5 ނައިބު ލީޑަރުންތަ؟

ފާތުމަ ކަދުރު

މިތާ 5 ގޮލާ އެބަތިބި. ނުހޮވެނީ ކާކު