Coast Promotion ge Naseebuverin Hovaa Umra Dhathuru Havaalukohfi
image
ގްރޭންޑް ޕްރައިޒްގެ ނަސީބުވެރިންނާއެކު ބީއެޗްއެމްގެ އިސް ބޭފުޅުން--ފޮޓޯ ބީއެޗްއެމް
2 ކޮމެންޓް
 

ކޯސްޓް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާ އުމްރާ ދަތުރު ހަވާލުކޮށްފި

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދިޔަ "ކޯސްޓް ޕްރޮމޯޝަން 2018" ގެ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރިން ހޮވާ އިނާމު ހަވާލުކޮށްފިއެވެ.
މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބިފައެވެ.

ގުރުއަތުން ހޮވި އުމްރާ ދަތުރު ލިބުނީ އައިމިނަތު ފަޒްނާ، ޝަމީލާ ސޯލިހު އަދި އަނާ އަލީ ފިރާގަށެވެ.

އެ ފަރާތްތަކަށް އުމްރާ ދަތުރުގެ އެލަވަންސްގެ ގޮތުގައި 500 ޑޮލަރު ދިނުމަށް ބީއެޗްއެމް ޓްރޭޑާސް އިން ވަނީ ކަނޑައަޅާފައެވެ.

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ގުރުއަތުން ތިން ފަރާތެއް ހޮވާ އިނާމު ލިބިގެން ގޮސްފައިވެއެވެ. ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބިގެންދިޔަ އިނާމުތަކުގެ ތެރޭގައި ބްލެންޑާރ، މައިކްރޯވޭވް އަވަން، ކިޗަން މެޝިން ހިމެނެއެވެ.
ހިޔާލު

ޢާމިނަތު

ދެން އެންމެ އަވަހައް ކޯސްޓް ޕްރަމޯޝަނެއް ފަށާނީ ކޮން ދުވަހަކުންތޯ؟

ކަމަނަ ރ.މީދޫ

މީދޫއިން ކޯސްޓު ކިރުދަޅު ގަތަސް ކޫޕަނެއް ނުދޭ ވިޔަފާރި ވެރިން އަމިއްލައައް އެމީހުން ނަމުގަ ކޫޕައްތައް ފުރަނީ