Farisge Hukum Thanfeez Kurun fas Kurumaa Medhu Miadhu Gotheh Nimmanee
image
ފާރިސް މައުމޫން---
0 ކޮމެންޓް
 

ފާރިސްގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާއި މެދު ހައިކޯޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް ބުނެފިއެވެ.
ޝަހުސު އޮޅުވާލި ކަމަށް ބުނެ ފާރިސްއަށް ކުރި ދައުވާގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މި ދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ވެސް ފާރިސް ހުންނެވީ ޖަލުގައެވެ.

ފާރިސްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ހައިކޯޓުން މިއަދު ގޮތެއް ނިންމާ އިރު އެ ހުކުމުގައި ބާކީ އޮތީ ދެ މަހެއްހާ ދުވަހެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް އިއްވާފައިވާ އެ ހުކުމާއި ގުޅިގެން އިސްތިއުނާފު ކުރަން ބޭނުންވާ ނުކުތާތައް މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ވަނީ ހުށަހަޅާފައެވެ.

ފާރިސްގެ މައްސަލާގައި މި ހަފުތާ ހުކުމް އިއްވާނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ. އެ މއްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ މުހައްމަދު ފައިސަލެވެ. ދެން ތިއްބަވަނީ ސުޖާއު އުސްމާނާއި ހަސަން އަލީއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރަން އިދިކޮޅުން މިދިޔަ އަހަރު ފެށި މަސައްކަތްތަކާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ރިޝްވަތުގެ ތުހުމަތުކޮށް ފާރިސް ވަނީ ހައްޔަރުކޮށްފައެވެ. ސްޕްރީމް ކޯޓުން އެކެއް ފެބުރުއަރީގެ އަމުރު ނެރެފައިވަނީ ވެސް ފާރިސް ޖަލުގައި ހުންނަވަނިކޮށެވެ. އެ މައްސަލާގައި ވެސް ފާރިސަށް ޓެރަރިޒަމްގެ ދައުވާ ކުރެއެވެ.
ހިޔާލު