Inthihaabah Fahu Gina Adhadhegge Bidheysee Massakathu Meehun Raajje Ethere Kuraa Kamah Thuhumathu Koffi
image
ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް---
2 ކޮމެންޓް
 

އިންތިހާބަށްފަހު ގިނަ އަދަދެއްގެ ބިދޭސީން އެތެރެ ކުރާ ކަމަށް ތުހުމަތުކޮށްފި

ނިމި ދިޔަ ރިޔާސީ އިންތިހާބަށްފަހު ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތު މީހުން އެތެރެ ކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ. Dhiraagu
އެގޮތަށް ތުހުމަތުކޮށްފައިވަނީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ. އަލީ ހުސައިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އިންތިހާބަށްފަހު ކޮންމެ ދުވަހަކު ވެސް ދަނީ 200 އެއްހާ މަސައްކަތު މީހުން ރާއްޖެ އެތެރެ ކުރަމުންނެވެ. އަލީ ހުސައިން ވަނީ އިންތިހާބަށްފަހު ކޮންމެ ދުވަހަކު ވެސް 200އެއްހާ މަސައްކަތު މީހުން އެތެރެ ކުރަމުންދާ އިރު އެކަމުން "ކަޓު" ނަގަނީ ކާކުތޯ ވެސް ސުވާލު ކުރައްވާފައެވެ.

އަލީ ހުސައިންގެ އެ ތުހުމަތު މޯލްޑިވްސް އިމިގްރޭޝަނުން ދޮގު ކުރެއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ޗީފް ޕްރިންސިޕަލު އިމިގްރޭޝަން އޮފިޝަލު ހަސަން ހަލީލު ވިދާޅުވީ އިންތިހާބަށްފަހު ރާއްޖެ އެތެރެވާ ބިދޭސީން މަސައްކަތު މީހުންގެ އަދަދަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. "ހަމަ ނޯމަލް ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ވަކި ތަފާތެއް ފާހަގަ ކުރެވިފައި ނެތް،" ހަލީލު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅެމުންދާ އިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުލެމުންދާ ބިދޭސީންގެ މައްސަލަ ވަނީ ހައްލެއް ނުލިބިފައި އޮތް މައްސަލައަކަށް ވެފައެވެ.
ހިޔާލު

އިދުރީހު

އެއީ އެމް ޑީ ޕީން ގެންނަ އިންޑިއާ މީހުން

ކުއްލި

ހަމަ ކުއްލި އަކަށް އިންޑިއާ މީހުންނަށް ވިސާ ލިބެން ފައްޓައިފި.