Thoofaan Trami Japan Ah Ara, 2 Meehun Maruvejje
image
ތޫފާން ޓްރާމީ ޖަޕާނަށް އަރައިފި، މިހާތަނަށް ދެމީހުން މަރުވެއްޖެ--ފޮޓޯ: ބީބީސީ
0 ކޮމެންޓް
 

ތޫފާން ޓްރާމީ ޖަޕާނަށް އަރައި، ދެމީހުން މަރުވެއްޖެ

ޖަޕާންގެ އޮސާކާ އަށް ތޫފާން ޓްރާމީ އަރައި ގިނަ އަދަދެއްގެ ގެދޮރަށް ގެއްލުންލިބި، ދެމީހުން މަރުވެއްޖެއެވެ.
އާދިއްތާ ދުވަހު ރޭ އޮސާކާއަށް އެރި ތޫފާނުގައި ވައި ގަދަ ވުމުގެ ސަބަބުން އެހިސާބުގައި ހުރި ގިނަ ގެދޮރު ގެއްލުންވެ، 120 އަށް ވުރެއް ގިނަ މީހުންނަށް ވަނީ އެކި ތަފާތު އަނިޔާތައް ވެފައެެވެ.

ޖަޕާނަށް ރޭގަނޑު އަށެއްޖެހިއިރު ތޫފާން އެރި އިރު ވައި ހުރީ ގަޑިއަކު 216 ކިލޯމީޓަރަށެވެ. އެތޫފާނުގެ ސަބަބުން 750،000 އަށް ވުރެއް ގިނަ ގެދޮރުން ކަރަންޓު ކެނޑި، ރޭލުތަކާއި ފްލައިޓްތައް ވަނީ ކެންސަލް ކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޖަޕާނަށް ވަނީ އެގައުމަށް މިދިޔަ 25 އަހަރު ތެރޭގައި ނާރާ ފަދަ ވަރުގަދަ ތޫފާނެއް އަރާފައެވެ. އެގޮތުން ތޫފާން ޖެބީގެ ސަބަބުން ގިނަ ހިސާބު ތަކެއްގައި ފެންބޮޑުވެ މަދުވެގެން ހަތް މީހުން ވަނީ މަރުވެފައެވެ.
ޖަޕާން ތޫފާން
ހިޔާލު