Miaharu Stelco Ge Dharani RF 5 Billion Ah Araane: Zuhoor
image
މިއަހަރު ސްޓެލްކޯގެ ދަރަނި 5 ބިލިއަނަށް ރުފިޔާ އަށް އަރާނެ: ޒުހޫރު--
1 ކޮމެންޓް
 

މިއަހަރު ސްޓެލްކޯގެ ދަރަނި 5 ބިލިއަން ރުފިޔާ އަށް އަރާނެ: ޒުހޫރު

މިއަހަރު ނިމޭއިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ އެކުންފުނީގެ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުން ކަމަށެވެ. އެގޮތުން އެކުންފުނީގެ 81 އިންސައްތަ އަކީ ލައިބިލިޓީ ކަމަށާއި މިކަމަށް ހައްލު ހޯދުމަށް ތަފާފު ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ދަރަނި ކުޑަ ކުރުމަށް އާމްދަނީ އިތުރު ކުރާނެ ޕްލޭންތަކެއް ރޭވިފައި ވާކަމަށާއި ގްރޭޓާ މާލެ ނެޓްވޯކް ޕްރޮޖެކްޓާއި އިންޑަސްޓްރިއަލް ވިލެޖުގައި އިންޖީނު ގެއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޒުހޫރު ވިދާޅުވިއެވެ. އަދި އަތޮޅު ތެރޭގައި ހިދުމަތް ދޭ އިންޖީނުގެތައް އަލުން ފަރުމާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެސް އޭނާ ވޮދާޅުވިއެވެ.

ސްޓެލްކޯގެ ދަރަނި މިއަހަރު ފަސް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޒުހޫރު ބުނި އިރު، މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަދި އޭގެ ތެރެއިން ހިންގުމުގެ ހަރަދުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހިންގުމުގެ ހަރަދު އުނިކުރުމުން ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 304 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާއަކީ 52.8 މިލިއަން ރުފިޔާއެވެ. އަދި 2016 ވަނަ އަހަރު ލިބުނީ 72.6 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
ހިޔާލު

އަހުމަދު

ކުންފުންޏަށްލިބޭ މިންވަރަށްވުރެ އެތަށްހާސްގުނަ ޚަރަދުކުރަންނުޖެހޭތަންތަނަށް ޚަރަދުކުރަންޖެހޭ... މަޤާމްގައި ދެމިހުންނަން ޖިޒީ ދައްކަނީ ކުންފުނިން. އެހެންވީމާ ވަނީ ގެއްލުން...