Get a Hero; Masakaitheringe dhaftharu, masakathuge ekuveriya!
image
ގެޓަހީރޯގެ ޚިދުމަތްތައް ހޯދަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ.
2 ކޮމެންޓް
 

ގެޓަހީރޯ؛ މަސައްކަތްތެރިންގެ ދަފްތަރު، މަސައްކަތުގު އެކުވެރިޔާ!

ގެޓަހީރޯ އަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ދަފްތަރުގެ ގޮތުގައި ތައްޔާރުކޮށް، ކުރިއަރަމުން އަންނަ ވެބްސައިޓެކެވެ. މިވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއި އެކު، ހޯދަން ބޭނުންވާ ދާއިރާއަކުން މަސައްކަތްތެރިންގެ ތަފްސީލްތައް ލިބޭނެ އެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަންނުވެރިން، އެ މީހުން މަސައްކަތް ކުރާ ދާއިރާތައް ރަޖިސްޓްރީކޮށް ގެޓަހީރޯގައި ލިސްޓުވުމުން؛ އެ ޚިދުމަތެއް ބޭނުންވާ ފަރާތަކަށް، ފަސޭހަކަމާއިއެކު އެ މައުލޫމާތު ގެޓަހީރޯ ވެބްސައިޓުން ލިބިގެން ދާނެ އެވެ. dhi2
ރަށަކުން މަސައްކަތްތެރިއަކު ހޯދަން ދަންނަ ފުރައިގެ އެންމެންގާތު އަހައި ބަލަން ވަގުތު ހޭދަކޮށް ކޮޅަކު ނުޖެހި ދޫކޮށްލުމުގެ ބަދަލުގައި، ފުރިހަމަ ދަފްތަރެއް ލިސްޓް ކޮށްފައި އޮތުމުން، ފަސޭހަ ކަމާއި އެކު އެ މައުލޫމާތުތައް ބޭނުންވާ މީހުންނަށް ލިބިގެން ދާނެ އެވެ. ރަށުގައި ހުރެގެން މާލޭން މަސައްކަތްތެރި އަކު ހޯދުމަށް، މާލެ ނައިސް ގެޓަހީރޯގެ ދަފްތަރުން ބޭނުންވާ މަސައްކަތެއް ކޮށްދޭނެ މީހަކު ހޯދާލެވޭނެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ދާއިރާތަކުގެ މަސައްކަތްކުރާ އެތައް ހާސް ހުނަރުވެރިން އުޅެ އެވެ. ފަންގި ވިނުން، ފޭލި ވިޔުން، ރަންރިހީގެ މަސައްކަތުން ފެށިގެންގޮސް އިންޖީނު މަރާމާތު ކޮށްދީ، ފައިބަރު މަސައްކަތް ކޮށްދޭ މީހުންނެއެވެ. ދެޖިންސުގެ ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނެވެ.

އިންޓަނެޓާއި ޓެކްނޮލޮޖީގެ މިޒަމާނުގައި ހުނަރު ވިއްކުމަށް އުޅޭތަނެއް ނުވަތަ އޮފީހެއް މުހިއްމެއް ނުވެއެވެ. މުހިއްމީ އެކުރާ ކަމެއް، ވީހާވެސް ގިނަ ބަޔަކަށް އަންގައި ދިނުމެވެ. ގެޓަހީރޯގެ ޒަރިއްޔާއިން މި މައުލޫމާތުތަށް ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ އެވެ.

އެވަގުތެއްގައި، ހައްލު ބޭނުންވާ ދާއިރާއަކުން، ހައްލު ބޭނުންވާ ލޮކޭޝަން އިޚްތިޔާރު ކޮށް، ފަސޭހައިން ސާޗް ކޮށްލައިގެން، ސީދާ ހައްލުދެވޭނެ މިހާ ހޯދާލެވޭނެ އެވެ. ފޭސްބުކުން ނޫނީ ކޮންމެ ވެސް އެހެންތާކުން ފެނުނު ބަޔަކު ހަދާން ނުވެގެން، ކަންނުވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

ގެޓަހީރޯގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ އެތައް ހާސް މަސައްކަތްތެރިންނާއި، އެ މީހުންގެ ޚިދުމަތްތައް ބޭނުންވާ މީހުން ގުޅުވާލުމެވެ. ގެޓަހީރޯގައި މައުލޫމާތު ހިމެނުމާއި އަދި މައުލޫމާތު ހޯދާ މީހުންގެ އަތުން ވެސް އެއްވެސް އަގެއް ނުނަގާނެ އެވެ. އެހެން ކަމުން އަލަށް މަސައްކަތެއް ފަށައިގަންނަ ފަރާތަކަށް ވެސް ދަތިކަމެއްނެތި އާމްދަނީ ހޯދޭނެ މަގެއް ތަނަވަސް ވެގެން ދާނެ އެވެ.

ގެޓަހީރޯގެ މި އިނިޝިއޭޓިވް، މަސައްކަތްތެރިން ބަލައިގެންފައިވަނީ އުންމީދާއި އުފަލާއި އެކުގައެވެ. އެގޮތުން މިހާތަނަށް އެތައް ސަތޭކަ މަސައްކަތްތެރިނެއް ވަނީ ގެޓަހީރޯގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި އިތުރު މަސައްކަތްތެރިން ދަނީ ރަޖިސްޓްރީ ކުރަމުންނެވެ.

ގެޓަހީރޯގެ ޚިދުމަތް އިތުރަށް އިތުރަށް ފަސޭހަކޮށް، މީހުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ވަރަށް އަވަހަށް ގެޓަހީރޯގެ މޯބައިލް އެޕްލިކޭޝަން ލޯންޗް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ވިޔަފާރި
ހިޔާލު

ނީޝް

ސާވިސް ހީރޯގެ ކޮޕީއެއް؟ ކުލަވެެސް އެއްގޮތް.

ާަަެެްއާމިނަތު

ވަރަށް ފުރިހަމަ