Engine Halaakuve Maakurathun 2 Gadin 2 Gadin Current Kendenee
image
އިންޖީނު ހަލާކުވެ މާކުރަތުން ދެގަނޑިން ދެގަނޑިން ކަރަންޓު ކެނޑެނީ--
3 ކޮމެންޓް
 

އިންޖީނު ހަލާކުވެ މާކުރަތުން ދެގަނޑިން ދެގަނޑިން ކަރަންޓު ކެނޑެނީ

ރ. މާކުރަތުގައި ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުން އެރަށުގެ ހުރިހާ ހިސާބަކުން ދެ ގަނޑިން ދެ ގަނޑިން ކަރަންޓް ކެނޑެމުންދާ ކަމަށް އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެމުން އެރަށުގެ ފެނަކާ މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. ނަމަވެސް ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށުގެ ކައުންސިލް ރައީސް އަލީ ހަސަން ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާތާ ދެތިން މަސް ވެއްޖެ ކަމަށެވެ.

އަލީ ހަސަން މައުލޫމާތު ދެމުން ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ގެއްލުން ވަމުން ދާކަމަށެވެ. އޭގެ އިތުރުން ކޯޓުގައި ތާވަލް ކޮށްފައިވާ ޝަރީއަތްތަކަށްވެސް ހުރަސް އެޅިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދުވެސް 2-3 ފަހަރު ކަރަންޓު ކެނޑުނު ކަމަށް ހަސަން ވިދާޅުވިއެވެ.

އެރުށުގެ ފެނަކާ މެނޭޖަރު ޝިފާން ވިދާޅުވީ މިވަގުތު މުޅި ރަށަށް ކަރަންޓު ދިނުމަށް ޖަނަރޭޓަރުތައް ބޭނުން ކުރެވޭ ކަމަށެވެ. ނަމަވެސް ގަޑިއިރު ގަޑިއިރުން ކަރަންޓު ކަނޑަމުން ދާކަމަށް ޝިފާން ވިދާޅުވިއެވެ. އަދި އެހެން ކަމުން ދާއިމީ ހައްލެ ހޯދުމަށް ނުވަތަ ޖަނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރާނީ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.
ރ. އަތޮޅު ފެނަކަ
ހިޔާލު

މާކުރަތު ރައްޔިތުމީހާ

އިބޫގެ ވެރިކަމެހއްގަ ކަރަންޓު ކެޑޭތީ އެވާވަކަ ނޫސްތަކުގައި ޖަހަންވީ. އަހަރެން ހަދާން އެބަހުރި ޔާމީނު ވެރިކަމުގައި ރޯދަމަހު ކަނު އަނދިރީގަ އުޅުނުކަން. އެއްރޭ ކަނުއަނދިރީގައި ގެޔެއް އަނދާ ހުލިއަށް ވިކަން. އެދުވަހު ކަރަންޓު ކެނޑި އެތައްރެއެއް ކަނުއަނދިރީގައި އުޅުނު އިރު އެކަން ނޫސްތަކުގައި ނުލިޔުނީ ކީއްވެބާ.
އަހަރެންމީ ވަކި މީހަކަށް ތާޢީދު ކުރާ މީހެއްނޫން

މ ނާޒިމް

ކޮބާ އިބޫ އާއި ހަތަރު ލީޑަރުން. ޖަލުން ސިޔާސީ ކުއްވެރިން މިނިވަންކުރިކުރިގޮތަށް ރަށްރަށުގެ ކަރަންޓް ކަންތަށް އަވަހަށް ހައްލުކުރަން ނުނިކުތީ ކީއްވެ.

ސައިނީ

ދެންތިބޭ އަދިރީގައި 11އާއި ހަމައަށް