Imtiaz ge Kuriah Filmun Fenigendhaani Sidharth tha?
image
އިމްތިއާޒުގެ ކުރިއަށް އޮތް ފިލްމުން ފެނިގެންދާނީ ސިދާތުތަ؟--
0 ކޮމެންޓް
 

އިމްތިއާޒުގެ ކުރިއަށް އޮތް ފިލްމުން ފެނިގެންދާނީ ސިދާތުތަ؟

ބޮލީވުޑްގެ ޑައިރެކްޓަރ އިމްތިއާޒު އަލީގެ ކުރިއަށް އޮތް ފިލްމުން ފެނިގެންދާނީ ސިދާތް މަޅޯތުރާ ކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ.
އިމްތިއާޒް އަކީ ލޯބީގެ ފިލްމަތައް އުފެއްދުމަށް މައްޝޫރު ޑައިރެކްޓަރެކެވެ. ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމުތަކެއް އޭނާ ހަދާފައިވާއިރު އޭނާ އެންމެ ފަހުން ނެރުނީ "ލައިލާ މަޖްނޫ" ކިޔާ ފިލްމެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް ގިނަ ބަޔަކަށް ވަނީ ފިލްމުގެ ވާހަކަ ކަމުގޮސްފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އިމްތިއާޒުގެ ވަރަށް ގާތް ފަރާތެއް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އެފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ސިދާތު ކަމަށް އޭނާ ބުނެފައިވާކަމަށް ނޫސްތަކުން ބުނެއެވެ. އެގޮތުން އިމްތިއާޒު ވަނީ ދާދި ފަހަކުން ސިދާތުއާ ބައްދަލުކޮށް ފިލްމުގެ ސްކްރިޕްޓު ދައްކާ، ފިލްމާ ބެހޭގޮތުން ވާހަކަ ދައްކާފައި ކަމަށް އެމީހާ ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސިދާތު މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަބަރިޔާ ޖޯޑީ" ގެ ޝޫޓިންގެ ކުރަމުންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ ޕަރިނީތި ޗޯޕްރާއެވެ. އެފިލްމުގެ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ.
ސިދާތް މަލްހޯތްރާ
ހިޔާލު