Film Bharat gai Varun ge Hassa Fenilumeh
image
ފިލްމު "ބާރަތު" ގައި ވަރުންގެ ހާއްސް ފެނިލުމެއް--
0 ކޮމެންޓް
 

ފިލްމު "ބާރަތު" ގައި ވަރުންގެ ހާއްސަ ފެނިލުމެއް

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ފިލްމު ބާރަތުގައި ވަރުން ދަވަންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަރުން އެފިލްމުގައި ފެނިގެންދާނީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އެއީ ފިލްމުގެ ލަވައަކުން ނުވަތަ ފިލްމުގެ ރޯލަކުން ކަމައެއް ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެފިލްމުގައި ވަރުން ފެނިގެންދިއުމަކީ ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދޭކަމެކެވެ.

ވަރުން އެންމެ ފަހުން ފެނިގެންދިޔައީ ސުއި ދާގާއިންނެވެ. އެފިލްމު މިދިޔަ މަހު 28 ގައި ނެރުނު އިރު އެފިލްމަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ

ބާރަތުގައި ލީޑު ރޯލުން ފެނިގެންދާނީ ސަލްމާނު ހާނާއި ކެޓްރީނާ ކައިފެވެ. އެދެތަރިންގެ އިތުރުން ފިލްމުގައި ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގުރޯވާ، އާސިފް، ނޯރާ އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ހިޔާލު