Aung San Suu Kyige Canadage Rahvehikan Athulaifi
image
ސޫކީއަށް ކެނެޑާގެ ރަށްވެހިކަން ދީފައިވަނީ 2007 ވަނަ އަހަރު---
2 ކޮމެންޓް
 

އަން ސަން ސޫކީގެ ކެނެޑާގެ ރަށްވެހިކަން ނިގުޅައިގަންފި

މިޔަންމާގެ ލީޑަރު އަން ސަން ސޫކީއަށް ކެނެޑާއިން ދޫކޮށްފައިވާ ޝަރަފުވެރިކަމުގެ ރަށްވެހިކަން އަތުލަން ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިންނާއި މަތި ގެއިން ފާސްކޮށްފިއެވެ.
ސޫކީގެ ރަށްވެހިކަން އަތުލަން ކެނެޑާއިން ނިންމާފައިވަނީ ރޮހިންޔާ މުސްލިމުންނާ މެދު މިޔަންމާގެ އަސްކަރިއްޔާއިން ހިންގާފައިވާ ޖަރީމާތަކާއި ގުޅިގެންނެވެ. ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިންނާއި މަތި ގެއިން ވެސް ސޫކީގެ ރަށްވެހިކަން އަތުލަން ފާސްކޮށްފައިވަނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ސޫކީއަށް 1991 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ވެސް ދީފައިވެއެވެ.

ސޫކީއަށް ކެނެޑާގެ ރަށްވެހިކަން ދީފައިވަނީ 2007 ވަނަ އަހަރުއެވެ. ސޫކީ ވެގެންދާނީ ކެނެޑާއިން ދޫކޮށްފައިވާ އެ ޝަރަފު އަތުލާ ފުރަތަމަ ފަރާތަށެވެ.
މިޔަންމާ ކެނެޑާ
ހިޔާލު

ޑަބިޔާ

ތީ މުސްލިމުންގެ ލޮލުގަ އަޅުވާލި އަނދުނެއް. މާ ސުލްހައަށް ލޯބިކުރާ ބަޔަކަށް ހެދިގެން އުޅޭނެކަމެއް ނެތް. މިއަދަކުނޫން ތިކަން ކުރާނީ އެހެން ނޫންނަމަ. ސޫކީ އަކީ މަރަން ވެފަ ހުރި ދައްޖާލެއް.😡😡

އެއްކަލަ ގޮލާ

ތެންކިޔު ކެނެޑާ 3>