Emme Fahun Dunya ves Raees Nasheedai Bahdhalukoh, Nasheedah Thaureef Kuravvaifi
image
ދުންޔާ ރައީސް ނަޝީދާއި ބައްދަލު ކުރައްވަނީ---
4 ކޮމެންޓް
 

އެންމެފަހުން ދުންޔާ ވެސް ނަޝީދާ ބައްދަލުކޮށް، ތައުރީފު ކުރައްވައިފި

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ދުންޔާ މައުމޫން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރެއްވުމަށްފަހު އެމަނިކުފާނަށް ތައުރީފދު ކުރައްވަން ފައްޓަވައިފިއެވެ.
ދުންޔާގެ ފޭސްބުކް ޕޭޖުގައި މިއަދު ރައީސް ނަޝީދާއެކު އިންނެވި ފޮޓޯއަކާއެކު ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ދެކޮޅުވެރިންގެ ގޮތުގައި ކުރިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އަދި އެ މަގުގައި ދޫނުދެއްވާ ހުންނެވި ހުންނެވުމަށް އަބަދު ވެސް ގަޔާވެ އިހުތިރާމު ކުރެއްވި ކަމަށެވެ.

ދުންޔާ އަބަދު ވެސް ގޮވާލެއްވީ މަޝްވަރާއަށާއި އަނެކުންނަށް އިހުތިރާމު ކުރުމަށް ކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ.

"މާޒީ ދޫކޮށްލާ، މުސްތަގުބަލަށް ވިސްނަމާ ހިންގަވާ. ގައުމަށް ބޭނުން ވަނީ ޒަމާންވީ ދެކޮޅުވެރިކަމާއި ބައިބައިވުން ނައްތާލުމަށް،" ދުންޔާ ވިދާޅުވެފައިވެއެވެ. އޭގެއިތުރުން އުފެދިފައިވާ ފާރުތައް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށާއި އިންތިހާބީ ރައީސާއި ރައީސް ނަޝީދު އަދި އިދިކޮޅު އެހެން ލީޑަރުން ކުރަން ޖެހިފައިވަނީ ބޮޑު މަސައްކަތެއް ކަމަށާއި ނަމަވެސް އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފި ނަމަ ކަންކަން ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫން ޖަލަށްލުމުން ދުންޔާ ވަނީ އެކަމުގެ ޒިންމާ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާ އެމަނިކުފާނަށް ފާޑު ވިދާޅުވެފައެވެ.

ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމުން ދުންޔާ ވަނީ ރައީސް ޔާމީންގެ ކެބިނެޓުގައި އޭރު އަދާ ކުރައްވަމުން ގެންދެވި ފޮރިން މިނިސްޓަރުކަން ދޫކޮށްލައްވާފައެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވިއެވެ. ސްޓޭޓް މިނިސްތަރު ކަމުން އިސްތިއުފާ ދެއްވާފައި ނުކުމެ ވަޑައިގެންނެވި ނަމަވެސް ދުންޔާ ހުންނެވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ސިޔާސީ މަސައްކަތްތަކާއި މުޅިން ދުރުގައެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ ޔުމްނާ މައުމޫނާއި ފާރިސް މައުމޫނެވެ.
ހިޔާލު

މިތުރު

ރ.ނަޟީދު އަކީ ގައުމަށް ހެޔޮއެދޭ އިހުލާސްތެރި އިންސާފަށް އެދޭމީހެއްކަންއެގެންފަށަން މާގިނަދުވަހެއްނެއް...އޭރަށްތިބޭނެ ރާކަނިމަސްރީތިކޮށް ރޮލާކެވިފަ..

ރައްޔިތުން

ރައީސް ނަޝިދު އަކީ ގައުމަށް ހެޔޮ އެދޭ އާދައި ދިރިއުޅުން ތަނަވަސްކޮށް އުފާާވެރި ދިރިއުމަކަށް މަގު ކޮށައިދޭ އިންސާފަށް ލޯބިކުރާ ތަފާތު ކުރުމަށް ޖާގަ ނުދޭނެ އިޚްލާސްތެރި އެންމެ އޯގާތެރި ދިވެހި ދަރި

ހިތިރަހަ

މައުމޫނު މިނިވަންކުރެވުނުތާ ގިނައިރުތަކެއް ނުވެ މި ދުންޔާ ހެެެެއްދެވި ގޮތަމީ ޔުމްނާއަށް އާދޭހާ އުނދަގޫކޮށްގެން ޔުމްނާއާއެކު ދަތި ހާލުގައި ހުރިކަމަށާއި ޝުކުރުވެރިވާކަމަށް ޔުމްނާ ލައްވާ ބުނުވައި ޓުވީޓުކުރުވީ.

އެެހެންތަ

މާދަމާ ނަޝީދަށް ގޮވާނެ. ޕަވަރ ހަންގްރީ ފެމެލީއެއް ކާމިނީ ގޭ މީހުންނަކީ