Sidharth ge Kuriah Oih Film Produce Kurani Karan Johar tha?
image
ސިދާތާއި ކަރަން ޖޯހަރް--
0 ކޮމެންޓް
 

ސިދާތުގެ ކުރިއަތް އޮތް ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރުތަ؟

ސިދާތު މަޅޯތްރާގެ ކުރިއަށް އޮތް ފިލްމު "ޝާޝާހް" ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރު ކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ.
ވިޝްނޫ ޑައިރެކްޓުކުރާ އެފިލްމަކީ ކާގިލް ވާގެ ހީރޯ ކަމަށްވާ ވިކަރަމް ބާތްރާ އަށް ހަދާ ބަޔޯ ޕިކެކެވެ. ވިކްރަމްގެ ރޯލުން ސިދާތު ފެނިގެންދާއިރު އެފިލްމު މީގެ ކުރިން ޕްރޮޑިއުސްކުރަން ނިންމާފއިވަނީ ޝައްބީރް ބޮކްސްވާލާ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން އޭނާ ވަނީ އެފިލްމު ދޫކޮށްލާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޝައްބީރު އެފިލްމު ދޫކޮށްލުމާއި ގުޅިގެން ކަރަން ޖޯހަރު އަންނަނީ އެ ޕްރޮޖެކްޓަށް ވަރަށް އެހީތެރިވަރުންނެވެ. އަދި ވާހަކަ ދެކެވޭގޮތުގައި އެފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ދެން މަސައްކަތް ކުރާނީ ކަރަން ޖޯހަރު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

އެފިލްމުގައި ސިދާތު އާއެކު ފެނިގެންދާނީ ކޮން ބަތަލާ އެއް ކަމެއް އަދި ހާމަކޮށްފައިނުވާއިރު އެފިލްމު ނެރެނީ ކޮން ދުވަހެއް ކަމެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު