Sui Dhaaga Ah 6 Dhuvahuge Thereygai 59 Crore Rupees
image
ވަރުންނާއި އަނުޝްކާ--
0 ކޮމެންޓް
 

ސުއި ދާގާއަށް ހަ ދުވަހުގެ ތެރޭގައި 59 ކްރޯޑު ރުޕީސް

ބޮލީވުޑުގެ ޑައިރެކްޓަރު ޝަރަތް ކަޓަރިއާގެ ޑައިރެކްޓުކޮށް ނެރެފައިވާ ފިލްމު "ސުއި ދާގާ" ސިނަމާތަކުގައި އެޅުވިތާ މިހާރު ހަ ދުވަސްވެފައިވާއިރު ފިލްމަށް 59.15 މިހާތަނަށް ލިބިފައިވާކަަމަށް ހަބަރުތައް ބުނެފިއެވެ.
ބޮލީވުޑުގެ މަޝްހޫރު ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ވަރުން ދާވަން ލީޑު ރޯލުން ފެނިގެންދާ އެފިލްމަށް މިހާތަަނަށް 59.15 ކްރޯޑު ލިބިފައިވީނަަމަވެސް މި ހަފުތާ ބަންދުގައި ފިލްމަށް 62.5 ކްރޯޑު ލިބިގެންދާނެކަމަށް އިންޑިއާގެ ފިލްމު ޓްރޭޑް އެނަލިސްޓެއްކަމަށްވާ ތަރަން އާދާޝް ލަފާކުރެއެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާއިރު ފިލްމުގައި ވަރުން ފެނިގެންދަނީ ފަހާ މީހެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ފޮތީގައި ތިނޯހާއި ބަރަނި ބޭނުންކޮށްގެން ޑިޒައިން ކުރާ މީހެއްގެ ރޯލުންނެވެ.

އަޔޫޝްމަން ކުރާނާ އާއި ރަދިކާ އަޕްތޭ ލީޑުން ފެނިގެންދާ ފިލްމު "އަންދާދުން" އިއްޔެ ސިނަމާތަކުގައި އަޅުވާފައިވާއިރު މިއަދު ސަލްމާންގެ ޅިޔަނު ބޮލީވުޑަށް ތައާރަފުވާ ފިލްމު "ލަވްޔާތްރީ" ސިނަމާގައި އަޅުވަން ހަމަޖައްސާފައިވެއެވެ. އެހެންކަމުން އެކަމުގެ ސަބަބުން "ސުއި ދާގާ" އަށް ބޮކްސް އޮފީހުގައި ލިބޭ ތަރުހީބު ދަށްވުމަކީ އެކަށީގެންވާކަމެކެވެ.
ހިޔާލު