Male Ge'ehgai Gengulhunu Bidheysee Anehnaku rape Kuri Massalaeh Balanee
image
މާލޭ ގެއެއްގައި ގެންގުޅުނު ބިދޭސީ އަންހެނަކު ރޭޕު ކުރި މައްސަލައެއް ދަނީ ބަލަމުން---
1 ކޮމެންޓް
 

މާލޭ ގެއެއްގައި ގެންގުޅުނު ބިދޭސީ އަންހެނަކު ރޭޕު ކުރި މައްސަލައެއް ބަލަނީ

މާލޭސިޓީ ގެއެއްގައި މަސައްކަތު މީހަކަށް ގެންގުޅުނު އަންހެނަކު ރޭޕު ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި ހެންވޭރު ގެއެއްގައި މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅެމުން އައި އެ އަންހެން މީހާ ރޭޕު ކުރި މައްސަލަ ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭއެވެ.

ފުލުހުން ވަނީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ސީއެންއެމަށް ކަށަވަރުކޮށްދީފައެވެ.

ހެންވޭރު ގެއެއްގައި ގެންގުޅުނު ބިދޭސީ އަންހެނަކު ރޭޕު ކުރި ކަމަސް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭ ގެއެއްގައި ގެންގުޅުނު ބިދޭސީ އަންހެނަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ނޭޕާލަށް ނިސްބަތްވާ އެ އަންހެން މީހާ ރޭޕު ކުރުމަށްފަހު އެކަން ސިއްރު ކުރަން މަރާލީއެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކުރިއެވެ. ނަމަވެސް ފަހުން އެ މައްސަލައިގެ އިތުރު ތަފުސީލެއް އަދި މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.
ހިޔާލު

ބީވާ

ޝައްކު މަރުތަށް ގިނަވުމަކީ މައްސަލައެއް. ފުލުހުން އަޅާނުލާ ވަރަށްވުރެ ކިޑްނެޕް ކުރުމާ ފޭރުމާ މެެރުމާ ބިރުދައްކައިގެން ފަައިސާ ހޯދުން އާއްމު ވެއްޖެ