Koffee With Karan Gai Ranveer Baiverivee Ranbir Aaeku Eh Noon
image
ރަންވީރާއި އަކްޝޭ--
0 ކޮމެންޓް
 

ކޮފީ ވިތު ކަރަންގައި ރަންވީރު ބައިވެރިވީ ރަންބީރާއެކު އެއް ނޫން

މަޝްހޫރު ޓީވީ ޝޯ، ކޮފީ ވިތު ކަރަން ސީޒަން ހައެއްގައި ބޮލީވުޑުގެ ކާމިޔާބު ދެ ތަރިންކަމަށްވާ ރަންވީރު ސިންގް އާއި ރަންބީރު ކަޕޫރު ބައިވެރިވާނީ އެކުގައިކަމަށް ހަބަރުތައް ބުނަމުންދަނިކޮށް އަކްޝޭ ކުމާރާއެކު ރަންވީރު ޝޯއަށް ޝޫޓުކޮށްފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާއި އެޝޯގައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ރަންބީރާއި ރަންވީރު އެކުގައި ބައިވެރިވެފައިވާއިރު މިއަހަރުގެ ޝޯގައި ވެސް ދެމީހުން އެކުގައި ފެނިގެން ހިނގައިދާނެކަމަށް އަޑުތައް ފެތުރުނީ އެޝޯގެ މިއަހަރުގެ ފުރަތަމަ އެޕިސޯޑުގައި ރަންބީރުގެ ކުރީގެ ލޯބިވެރިޔާކަމަށްވާ ދީޕިކާ އާއި އޭނާގެ މިހާރު ލޯބިވެރިޔާ އާލިއާ އެކުގައި ބައިވެރިވާން ނިންމާފައިވުމާއެކުއެވެ. އަދި ދީޕިކާއަކީ މިހާރު ރަންވީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތް ނަމަވެސް އެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަން އަދި ވެސް އޮންނާތީއާވެސް އެކީގައެވެ.

ކޮފީ ވިތު ކަރަންއަކީ ސްޓާ ވޯލްޑް އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ. މަޝްހޫރު ފަރާތްތައް މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިކުރާ އެޝޯ މިހާރު ސްޓާ ޕްލަސް އާއި ސްޓާ ވަން އިންވެސް ދައްކައެވެ.

މިމަހުގެ 21 ގައި ޝޯގެ ދައްކަން ފަށާއިރު މިހާރު އަންނަނީ ޝޯގެ ބައިވެރިންނާއެކު ޝޫޓުކުރަމުންނެވެ. އެގޮތުން ދީޕިކާ އާއި އާލިއާ އަދި ސައިފް އަލީ ހާނާއި އޭނާގެ ދަރިފުޅު ސާރާގެ އިތުރުން އަރުޖުން ކަޕޫރާއި އޭނާގެ ކޮއްކޮ މިހާރު ވަނީ ޝޯއަށް ޝޫޓުކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި އެޝޯއަށް އަކްޝޭ އާއި ރަންވީރު ޝޫޓުކޮށްފައިވާކަން ކަރަން ޖޯހަރު އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފައިވާއިރު ރަންވީރާއި އަކްޝޭ ވެސް ވަނީ ޝޫޓިންގެ ތެރެއިން ދެމީހުން ޖަހާފައިވާ ސަކަރާތް ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ.
View this post on Instagram

Baahon mein chale aao! @akshaykumar

A post shared by Ranveer Singh (@ranveersingh) on


މީގެ 14 އަހަރުކުރިން، 2004 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކޮފީ ވިތު ކަރަން ޝޯ ދައްކަން ފެށިއިރު އެޝޯގައި ހާއްސަ ތިން ސެގްމެންޓެއް ހިމެނެއެވެ. އެތިން ސެގްމަންޓަކީ މެހެމާނުންގެ މެދުގައި ވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ ތިން ސެގްމަންޓެވެ.
ހިޔާލު