Male Guest House Ehgai 16 Aharuge Anhen Kujjaku Rape Koffi
image
16 އަހަރުގެ އަންހެން ކުއްޖާ ރޭޕުކޮށްފައިވަނީ ސެޕްޓެމްބަރު މަސް ތެރޭގައި---
3 ކޮމެންޓް
 

މާލޭ ގެސްޓުހައުސްއެއްގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށްފި

މާލޭ ސިޓީ ގެސްޓު ހައުސްއެއްގެ ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ރޭޕުކޮށްފިއެވެ.
ސީއެންއެމަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އަތޮޅު ތެރެއަށް ނިސްބަތްވާ އެ އަންހެން ކުއްޖާ ރޭޕުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސީއެންއެމަށް ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައާއި ގުޅިގެން އެ އަމަލު ހިނގި މީހާ ވަނީ ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ވެސް ކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ ޖިނާއީ އެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް އެނގިފައިވެއެވެ.

މައުލޫމާތު އެނގި ހުރި މީހަކު ބުނި ގޮތުގައި އަންހެން ކުއްޖާ ކިޔެވުމަށް މާލެ އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. "ކޮންމެ ވެސް ވަރަކަށް އަންހެން ކުއްޖާ ދަންނަ މީހެއް އެއީ. ދެން ހިނގާބަލާށެ ދާން ބުނީމަ އަންހެން ކުއްޖާ ދިޔައީ. ކުއްޖާއަކަށް ނޭނގޭ އޭރު ގެސްޓު ހައުސްއަކަށް ކަމެއް މިގެންދަނީ. ގެންގޮއްސަ ގަދަކަމުން ގެސްޓު ހައުސްއަށް ވެއްދީ ވެސް،" މައުލޫމާތު އެނގި ހުރި މީހަކު ސީއެންއެމަށް ކިޔައި ދިނެވެ.

ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުއްޖަކު ރޭޕު ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު ހެންވޭރު ގެއެއްގައި މަސައްކަތު މީހަކަށް ގެންގުޅުނު ބިދޭސީ އަންހެނަކު ރޭޕު ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭއެވެ.
ހިޔާލު

މާލޭ ސިޓީ

16 އަހަރުގެ ކުއްޖެއް ގަދަކަމުން ގެންދިޔައިރު މިހާ މީހުން ގިނަ ތަނެއްގަ ތިބި މީހުން ކޮންތާކަށް ލާފަބާ އެކުއްޖާ ގެންދިޔައީ. ބެލެވޭ ގޮތުގަ އެކުއްޖާގެ ރުހުމުގަ ދިޔަކަމަށް ތިވާނީ.

ޙާމް

ރޭޕް އިންޑިޔާ އޭ ކިޔާފަ ހަޅޭއްލަވަމުންގޮސް މިހާރު އޮއޮތީ ކަނބުރުގެޔަށް ވަނީމަ އަޅިބަުރާފަ.

ކުމާރުއ

ރޭޕްކޮށްފައިވާނަމަ އެކަމާ ދެކޮޅު.. އެކަން ކުށްވެރިކުރަން... އެކަމަކު މި ލިޔުމަށް ބަލާއިރު، 16 އަހަރުގެ ކުއްޖެއް މަގުމަތީން ގަދަކަމުން ގެންގޮސް ގެސްޓުހައުސްއަކަށް ވެއްދީއޭ އެބުނާ ބުނުން ބުއްދި ޤަބޫލެއް ނުކުރޭ.. ނުރުހުމުގައި ގެންދާނަމަ މީހުންގެ އެހީއަށްވެސް ގޮވޭނެ.. ހަޅޭލެވޭނެ..