Bharat ge Fenilumah Varun ah Shukuru!
image
ވަރުން އާއި އަތުލް އަގްނިހޯތްރީ--
0 ކޮމެންޓް
 

ބާރަތުގެ ފެނިލުމަށް ވަރުންއަށް ޝުކުރު!

ފިލްމު "ބާރަތު"ގެ ކޯ ޕްރޮޑިއުސަރެއް ކަމަށްވާ އަތުލް އަގްނިހޯތްރީ، ވަރުން ދަވަން އަށް ޝުކުރު އަދާކޮށްފިއެވެ.
ބާރަތުގައި ވަރުންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުން މީގެ ކުރިން ވަނީ ބުނެފައެވެ. ފިލްމުގެ ޝޫޓިން އޭނާ މިހާރު ނިންމާލާފައިވާއިރު އަތުލް ވަނީ އިންސްޓާގުރާމް މެދުވެރިކޮށް ފިލްމުގެ ފަރާތުން އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަރުން އެފިލްމުގައި ފެނިގެންދާނީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އެއީ ފިލްމުގެ ލަވައަކުން ނުވަތަ ފިލްމުގެ ރޯލަކުން ކަމައެއް ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ބަޔަކު އެފިލްމަށް އިންތިޒާރުކުރަމުން ދާއިރު އެފިލްމުގައި ލީޑު ރޯލަކުން ފެނިގެންދަނީ ސަލަމާން ހާން އާއި ކެޓްރީނާ ކައިފެވެ. އެދެތަރިންގެ އިތުރުން ފިލްމުގައި ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގުރޯވާ، އާސިފް، ނޯރާ އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެއެވެ.

ފިލްމުގެ ކާސްޓުން ވަނީ ދާދި ފަހުން އަބޫ ދާބީގައި ކުރިއަށް ގެންދިޔަ ޝޫޓިން ނިންމާލާފައެވެ. މީގެ ކުރިން އެފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މޮލްޓާ އަދި މުންބައިގައެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ އެފިލްމަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ހިޔާލު