Hiyaa Mashruo'ah Kurimathilee Hurihaa Docterunnai, Naruhunnai, Treacherunnah Flat Dhenee
image
ހިޔާ މަޝްރޫއަށް ފޯމު ލާން ގޮސް ތިބި ބައެއް މީހުން---
1 ކޮމެންޓް
 

ކުރިމަތިލީ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ފްލެޓު ދެނީ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ޑޮކްތަރުންނާއި ނަރުހުންގެ ކެޓަގަރީއާއި ޓީޗަރުންގެ ކެޓަގަރީން ކުރިމަތިލީ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ނިންމައިފިއެވެ.
އެކަން އިއުލާންކޮށްފައިވަނީ ހައުސިން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުންދާ 7000 ޔުނިޓުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ކަނޑައެޅީ 475 ފްލެޓެވެ. ޓީޗަރުންނަށް ދޭން ކަނޑައަޅާފައިވަނީ 625 ފްލެޓެވެ.

ޑރ.މުއިއްޒު ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ކުރިމަތިލީ ހުޅުވާލި އަދަދަށްވުރެ މަދުން ކަމަށްވާތީ ކުރިމަތިލީ އެންމެންނަށް ފުލެޓު ދޭން ނިންމާފައިވާ ކަމަށެވެ.

ޓީޗަރުންނަށް ދިނުމަށް ނިންމާފައިވާ 625 ފްލެޓަށް 735 މީހަކު ކުރިމަތިލާފައިވެއެވެ. އެހެންކަމުން ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ނިންމި ފްލެޓުން ބާކީވި ފްލެޓުތައް އެ ކެޓަގަރީއަށް ބަދަލުކޮށް ކުރިމަތިލީ 735 މީހުންނަށް ވެސް ފްލެޓު ދޭން ނިންމި ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެ ފްލެޓުތަލަށް ވަދެވޭ ވަރުވާނީ އަންނަ އެޕްރީލު މަހާ ހިސާބުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހިޔާލު

ފައިސާ

ފައިސާގެ ބަދަލު މިހާރު ބަހަނީ ފުލެޓް