Nafsaanee Dhulha Heyo Kamuge Dhuvas Faahagakuran Harakaaiy Thakeh Kuriah Gendhanee
image
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން ޑަބްލިޔު.އެޗް.އޯ ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް--
0 ކޮމެންޓް
 

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އަންނަ ހުކުރު ދުވަހު ސޯޝަލް ސެންޓަރު ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ ) އިން އިސްނަގައިގެން ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ގައި ފާހަގަ ކުރެވޭ ދުވަހެކެވެ. އެގޮތުން އެދުވަސް ފާހަގަކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ބަދަލުވަމުންދާ ދުނިޔޭގައި އަދި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ޒުވާނުންނަށް ދިމާވާ ނަފްސާނީ މައްސަލަ ތައް" މިއެވެ.

އެ ޝިއާރުގެ ދަށުން ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވާކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތައް އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށް ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އެ ހަރަކާތްތައް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ ގްރޫޕްތަކުގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މަޝްވަރާކުރުން ހިމެނެއެވެ. އަދި ކުލަޖެހުމާއި ވިއްސާރަ ނޫންނަމަ ލެންޓާން އެރުވުން ހިމެނޭކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދޭދޭ ޤައުމު ތަކުގެ ސަރުކާރުތަކާ، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދު އެދުވަސް ފާހަގަކުރަމުން އަންނައިރު އެދުވަސް ރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިތުރުން ކަމާ ގުޅުން ހުރި އަމިއްލަ ޖަމާއަތްތަކާއި ހޮސްޕިޓަލްތައް އަދި އެހެނިހެން ސަރުކާރުގެ އިދާރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހިޔާލު