Game Over Gai Taapsee Fenigen Dhaa Goiy Dhahkaalaifi
image
ތާޕްސީ ޕަންނޫ--
0 ކޮމެންޓް
 

ގޭމް އޯވާގައި ތާޕްސީ ފެނިގެންދާ ގޮތް ދައްކާލައިފި

ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ތަމަޅަ ފިލްމު "ގޭމް އޯވާ" ގައި އޭނާ ފެނިގެންދާ ގޮތް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
ވައި ނޮޓް ސްޓޫޑިއޯ އާއި ރެލިއަންސް އެންޓަޓެއިންމަންޓް ގުޅިގެން ނެރޭ އެފިލްމުގައި ތާޕްސީ ފެނިގެންދާ ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން އެ ފޮޓޯ އިން ފެންނަ ގޮތުގައި ފައިގާ ޕްލާސްޓަރު އަޅާފައި އިން ތާޕްސީ އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.


ތާޕްސީ ލީޑުން ރޯލުން ފެނިގެންދާ އެފިލްމަކީ ތަމަޅަ ފިލްމުތައް ޑައިރެކްޓުކުރަމުން އަންނަ ޑައިރެކްޓަރު އަޝްވިން ސަރަވާނާ ޑައިރެކްޓުކޮށް ނެރެން ހަމަޖައްސާފައިވާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންތައް މިއަދު ފެށުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމާފައެވެ.

އުމުރުން 31 އަހަރުގެ ތާޕްސީއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީ އިން ވިދާލި ތަރިއެކެވެ. އެގޮތުން އޭނާ ބޮލީވުޑަށް ވަދެފައިވަނީ 2013 ވަނަ އަހަރު ނެރުނު ފިލްމު "ޗަސްމޭ ބަދްދޫރު" އިންނެވެ. އޭގެ ފަހުން އަމީތާބު ބައްޗަންއާއެކު "ޕިންކް" ފިލްމުގައި ވެސް މަސައްކަތްކޮށްފައިވާއިރު "ޖުޅްވާ 2" އާއި "ސޫރްމާ" އަދި "މަންމަރްޒިޔާން" ގެ އިތުރުން "މުލްކް" ގައި ވެސް މަސައްކަތްކޮށްފައިވެއެވެ.

މީގެއިތުރުން، 2011 ވަނަ އަހަރު ނެރުނު ކާމިޔާބު މަލަޔާލަމް ފިލްމު "ސޯލްޓް އެންޑް ޕެޕާ" އަށް ޕްރަކާޝް ރާޖު ޑައިރެކްޓުކޮށް ނެރޭ ހިންދީ ރިމޭކް ގައި ވެސް މަސައްކަތްކުރުމުގެ ފުރުސަތު ތާޕްސީއަށް ލިބިފައިވާއިރު އަންނަ އަހަރު ނެރޭ ފިލްމު "ބަދްލާ" އިން ވެސް ފެންނާނެއެވެ.
ހިޔާލު