Midhiya Mahu MIRA ah 1 Billion Ruffiya Libihje
image
މީރާ
0 ކޮމެންޓް
 

މިދިޔަ މަހު މީރާއަށް 1 ބިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއިން ބަލައިގެންފައިވާ އާމްދަނީއަށްވުރެ 25.9 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 39.9 އިންސައްތަ ނުވަތަ 507 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.7 އިންސައްތަ ނުވަތަ 326 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 59 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ޖީއެސްޓީ މީރާ
ހިޔާލު