Share A Coke Maldives Raajje gai Launch Kohfi
image
0 ކޮމެންޓް
 

ޝެއާ އަ ކޯކް މޯލްޑިވްސް ރާއްޖޭގައި ލޯންޗްކޮށްފި

ދުނިޔޭގެ ލީޑިންގް ބޭވަރޭޖް ކުންފުނި، ކޮކަ ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ޝެއާ އަ ކޯކް ކެމްޕެއިން ރާއްޖޭގައި ލޯންޗްކޮށްފިއެވެ.
#ޝެއާއަކޯކްމޯލްޑިވްސް ރާއްޖޭގައި ލޯންޗްކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޝެއާ އަ ކޯކް ރާއްޖޭގައި ލޯންޗްކޮށްދިނީ ނިމިގެންދިޔަ ސާފް ސުޒުކީ ކަޕް ރާއްޖެ ކާމިޔާބުކުރިއިރު ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ އެވެ.

ޝެއާ އަ ކޯކްގެ މަގުސަދަކީ ތިމާގެ ހަޔާތުގައި މުހިންމު މީހުންނަށާއި އެކުވެރިންނަށް ކޯކާ ކޯލާ ހިއްސާކޮށް، އުފާވެރިކަން ގެނެސްދިނުމެވެ. ޝެއާ އަ ކޯކް މޯލްޑިވްސް އާއެކު ޖުމްލަ 16 ޓެގެއް ވަނީ ރާއްޖޭގައި ވަނީ ތައާރަފުކޮށްފައެވެ.

އޭގެ ތެރޭގައި އާއިލާގެ މެންބަރުންނާއި، އެކުވެރިންނާއި، އަނބިމީހާ އަދި ފިރިމީހާއަށްވެސް ހާއްސަކޮށް ހަދިޔާ ކޮށްލެވޭޏެ ޓެގް ހިމެނޭ ކޯކާކޯލާ ފުޅި ހިމެނެއެވެ.


ޝެއާ އަ ކޯކް މޯލްޑިވްސްގެ ބައެއް ކޯކްފުޅި

ޝެއާ އަ ކޯކް މޯލްޑިވްސްގެ ދަށުން ވަނީ، ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން "ޗެމްޕިއަންސް" ޓެގް ގެ ކޯކްފުޅި ތައާރަފުކޮށްފައެވެ.

ޝެއާ އަ ކޯކް އެންމެ ފުރަތަމަ ލޯންޗްކޮށްފައިވަނީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ. އޭގެ ފަހުން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި ޝެއާ އަ ކޯކް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮކާކޯލާ
ހިޔާލު