Afghan Sifainge 17 Meehaku Maraalaifi
image
އަފްގާނު ސިފައިންގެ އަސްކަރީ އުޅަނދުތަކެއް
0 ކޮމެންޓް
 

އަފްގާން ސިފައިންގެ 17 މީހަކު މަރާލައިފި

ހުޅަނގު އަފްގާނިސްތާނުގައި ހުރި އެގައުމުގެ ސިފައިންގެ އަސްކަރީ ދެ މަރުކަޒަކަށް ދިން ހަމަލާތަކެއްގައި އަފްގާނިސްތާނުގެ ސިފައިންގެ 17 މީހުން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ދިން އެ ހަމަލާތަކުގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފައެވެ. އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒުތަކަކަށް އެ ހަމަލާތައް ދީފައި މިވަނީ އެގައުމު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިމަހު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށްފަހު ތާލިބާނުން ވަނީ އަފްގާނިސްތާނު ސިފައިންގެ 11 މީހަކު ރަހީނުކޮށްފައެވެ. ތާލިބާނުން ދިން ހަމަލާތަކުގައި އަފްގާނިސްތާނު ސިފައިންގެ ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ.

އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އަސްކަރީ މަރުކަޒުތަކަށް ތާލިބާނުން ހަމަލާދިނުމަށްފަހު، އެ މަރުކަޒުތަކުގައި ހުރި ހަތިޔާރާއި އަސްކަރީ އުޅަނދުތަކެއް ތާލިބާނުން ވަނީ ގެންގޮސްފައެވެ.
އަފްގާނިސްތާން
ހިޔާލު