Bali Gaboolu Nukurevvumun Dunyage Faadu Kiun Raees Yaminah!
image
ދުންޔާ އިންޑިއާގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖުއާއެކު---
0 ކޮމެންޓް
 

ބަލި ގަބޫލު ނުކުރެއްވުމުން ދުންޔާގެ ފާޑު ކިއުން ރައީސް ޔާމީނަށް!

އިންތިހާބުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫން ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރެއްގައި އިންޑިއާގެ ޓީވީޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ދުންޔާ ވިދާޅުވީ ބަލި ގަބޫލު ކުރައްވަން ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށާއި ރައީސް ޔާމީނަކީ ނާކާމިޔާބުގައި ވެސް ގޯސް މީހެއް ކަމަށެވެ.

ދުންޔާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ގެނެސްދިން ނަމަވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި ކަމަށެވެ. އަދި ނުހައްގުން އެތައް ބަޔަކު ޖަލަށްލާފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންިހާބުގައި ރައްޔިތުން ދައްކާދިނީ އެކަމާ ދެކޮޅުކަން ކަމަށާއި އެފަދަ ކަންތައްތަކަށް ތަރުހީބު ނުދޭނެކަން ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ ނަތީޖާގައި ބޮޑު ތަފާތެއް އޮތް އިރު، އިންތިހާބުގެ ނަތީޖާ ހުރިހާ މުއައްސަސާތަކަކުން ބަލައިގެންފައިވާ ކަމަށާއި އިންތިހާބާ މެދު ސުވާލު އުފެދޭނެ ޖާގައެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

ދުންޔާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން ހިދުމަތް ކުރައްވާފައެވެ. ރައީސް ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވީ ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުންނެވެ. އޭގެ ފަހުން ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ވަޑައިގެންފައެވެ.
ހިޔާލު