Re brand kurumah fahu SUN Media alun fashaifi
image
ރީބްރޭންޑް ކުރުމަށްފަހު ސަން މީޑިއާ އަލުން ފަށައިފި
0 ކޮމެންޓް
 

ރީބްރޭންޑް ކުރުމަށްފަހު ސަން މީޑިއާ އަލުން ފަށައިފި

ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާ އޮންނަ ސަން މީޑިއާ ގުރޫޕުގެ ދަށުން ހިންގަމުން ގެންދާ ހަބަރުފަތުރާ ވަސީލަތްތައް މިދިޔަ މަހު ފަސް ވަނަ ދުވަހު ހުއްޓާލުމަށްފަހު އަލުން ފަށައިފި އެވެ.
ސަން މީޑިއާ ގުރޫޕު ހުއްޓާލި އިރު ސަން މީޑިއާ ގުރޫޕުގެ ދަށުން ސަންޓީވީ އާއި ސަން އޮންލައިންގެ އިތުރުން މޯލްޑިވް އައިލެންޑް މެގަޒިންގެ ނަމުގައި މެގަޒިންއަކާއި ސަން ޕްލޭގެ ނަމުގައި ވީޑިއޯ ޕްލެޓްފޯމެއް ހިންގި އެވެ.

ސަންގެ މީޑިއަމްތައް ހުއްޓާލުމަށްފަހު، ސަން މީޑިއާ ގުރޫޕުން ބުނެފައިވަނީ މީޑިއާތައް ހުއްޓާލީ ރީބްރޭންޑް ކުރުމަށް ކަމުގަ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަން މީޑިއާ ގްރޫޕްގެ ވަސީލަތްތައް ހުއްޓާލިއިރު، ސަން ޝިޔާމް އާއި ރައީސް ޔާމީނާއި ދެމެދު މައްސަލަތަކެއް އުފެދި ސިޔާސީގޮތުން ޝިޔާމާއި ރައީސް ޔާމީންގެ ވިސްނުން ތަފާތު ވެފައިވާކަމަށް އަޑުތައް ފެތުރުނެވެ.
ނޫސްވެރިކަން މީޑިއާ
ހިޔާލު