Taimur Boarding School Ah Fonuvanee Konirakukan Engeytha?
image
ސައިފް އަލީ ހާން އަދި ތައިމޫރުގެ އިތުރުން ކަރީނާ ކަޕޫރް--
0 ކޮމެންޓް
 

ތައިމޫރު ބޯޑިން ސްކޫލަށް ފޮނުވަނީ ކޮން އިރަކުކަން އެނގޭތަ؟

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ތައިމޫރު އަލީ ހާން ބޯޑިން ސްކޫލަށް ފޮނުވަން އޭނާގެ މައިންބަފައިން ނިންމާފައިވާކަމަށް ހަބަރުތައް ބުނަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
ބޮލީވުޑުގެ އެންމެ މަޝްހޫރު "ސްޓާ ކިޑް" ގެ ގޮތުގައި އެންމެން ވެސް ފާހަގަކުރަމުން އަންނަ ތައިމޫރު ބޯޑިން ސްކޫލަށް ފޮނުވުމާއި ގުޅޭގޮތުން ނޫސްވެރިއަކު އޭނާގެ ބައްޕައާ ސުވާލުކުރުމުން ބުނީ، އޭނާގެ ދަރިފުޅު ބޯޑިން ސްކޫލަކަށް ފޮނުވާނީ އުމުރުން 13 އަހަރު ފުރުމަކުންކަމަށެވެ.

- ސައިފް އަދި ކަރީނާ، ތައިމޫރާއެކު--

އުމުރުން 48 އަހަރުގެ ސައިފް ބުނާ ގޮތުގައި ޕަޕަރާޒީންގެ އުނދަގުލުން ދަރިފުޅު ސަލާމަތްކުރެވޭނީ ބޯޑިން ސްކޫލަކަށް އޭނާ ފޮނުވައިގެންނެވެ.

އުމުރުން އެންމެ އެއް އަހަރުގެ ތައިމޫރަކީ އޭނާގެ މައިންބަފައިންހާ މަޝްހޫރު ކުއްޖެކެވެ. ޕްލޭ ސްކޫލުން ފެށިގެން އޭނާގެ ކޮއްކޮ މެންނާއެކު ވަގުތު ހޭދަކުރާ ވަގުތު ތަކުގާއި ވެސް ކެމެރާތަކުގެ ކިބައިން ތައިމޫރު ސަލާމާތެއް ނުވެއެވެ. އެހެންކަމުން ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ދޭން ބޭނުންވާ އޭނާގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް ހަމައެކަނި ހައްލަކީ އޭނާ ބޯޑިން ސްކޫލަކަށް ފޮނުވުމެވެ.

ތައިމޫރް--

ބޮލީވުޑުގެ ކުރީގެ ބަތަލާ އަމްރިތާ ސިންގް އާއި ކައިވެނިކޮށް ސައިފް އަލީ ހާނަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައިވެއެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ތެރޭގައި ސައިފް ވަނީ އަމްރިތާ ވަރިކޮށްފައެވެ. އަދި ކަރީނާ އާ އޭނާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރެވެ.
ހިޔާލު