Australia ge Embassy Gudhus ah Badhalukuranee
image
0 ކޮމެންޓް
 

އޮސްޓްރޭލިއާގެ އެމްބަސީ ގުދުސަށް ބަދަލުކުރަނީ

އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ބަލައިގަނެ ތެލް އަވީވުގައި ހުރި އޮސްޓްރޭލިއާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ވިސްނަމުންދާ ކަމަށް އޮސްޓްރޭލިއާ އިން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ތެލް އަވީވުގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާއި ބެހޭ ގޮތުން ކެބިނެޓާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ގައުމުތަކުގެ ހިޔާލު ހޯދާނެ ކަމަށްވެސް ސްކޮޓް ވިދާޅުވިއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި އޮސްޓްރޭލިއާއިން ބޭނުންވަނީ ދެ ދައުލަތް އުފެއްދުމަށް ކަމަށް މޮރިސަން ވިދާޅުވިއެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަނެ، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ހިޔާލު